އެންވަޔަރަމެންޓް އިމްޕެކްޓް އެސެސްމެންޓް ރިޕޯޓު ނުހޯދައި، ޅ. ހިންނަވަރު މަގު ހެދުމުގެ ސަބަބުން ކޮންސްޓްރަކްޝަން މިނިސްޓްރީ ޖޫރިމަނާކޮށްފިއެވެ.

އީޕީއޭއިން މިއަދު ބުނީ ހިންނަވަރު މަގުހެދުމުގެ މަސައްކަތުގައި އީއައިއޭގައި ހިމެނިފައިނުވާ މަސައްކަތް ކޮށްފައިވާތީ އީޕީއޭއިން އެކަން ބަލައިފައިވާ ކަމަށެވެ.

އަދި މަގު ހެދުމުގެ މަސައްކަތް ކުރަމުންދާ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނާއި ކޮންސްޓްރަކްޝަން މިނިސްޓްރީއާ ދެމެދު ބަދަލުކޮށްފައިވާ ލިޔެކިޔުންތަކުން އީއައިއޭ ކޮންސެޕެޓުގައި ހިމެނިފައިނުވާ މަގުތަކެއް ހެދިކަން ޔަގީންކުރެވިފައިވާ ކަމަށް އީޕީއޭ އިން ވަނީ ބުނެފައެވެ.

"ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދުގެ 20 ވަނަ މާއްދާގެ (ހ)ގެ 01 ވަނަ ނަންބަރަށް ރިއާޔަތްކޮށް، އެ ގަވާއިދުގެ ޖަދުވަލު(ޖ)ގެ ދަށުން 200،000 ރުފިޔާއިން މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކް ވަނީ 12 މާޗު 2024 ގައި ޖޫރިމާނާކޮށްފަ،" އީޕީއޭގެ ބަޔާނުގައި ވެއެވެ.

އެހެންކަމުން އީޕީއޭއިން ވަނީ ޖޫރިމަނާގެ ފައިސާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް ކޮންސްޓްރަކްޝަން މިނިސްޓްރީއަށް އަންގާފައެވެ.


ކިޔުންތެރިންގެ ހިޔާލު


5

އަހުމަދު

13-Mar-2024

މިނިސްޓްރީ ޖޫރިމަނާ ކުރުމަކީ ދެކޮޅުޖެހޭކަމެއް ނޫން. ފިޔަވަޅު އަޅާންޖެހޭނީ ނުބައިކޮށް ނުވަތަ އޮންނަ އުސޫލާ ޚިލާފަށް ކަންކަން ކުރާން ހުއްދަދޭ ވެރިންނާއި މެދު. އޭރުން ވެރިން ޒިންމާދާރު ކުރެވޭނީ.



ޓްރެންޑިން