ރާއްޖޭގައި އީދު ނަމާދުތައް ޒަމާނުއްސުރެ ކުރަމުންދާ ގަޑި ބަދަލުކޮށް އަވަސް ގަޑިއަކަށް އީދު ނަމާދު ހަމަޖެއްސުމަށް ސަރުކާރުން އެކި ފަރާތްތަކާއިއެކު ކުރަމުންދާ މަޝްވަރާއާއި ގުޅިގެން އައްޝެއިޚް ޙުސައިން ރަޝީދު އަޙްމަދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވިއެވެ ޑރ 4ވަނީ އީދު ނަމާދު މިހާރު ކުރަން ހަމަޖައްސާފައިވާ 7:30 އަކީ ނަމާދު ނިމޭއިރު ވަރަށް ބޮޑަށް އަވިގަދަވެ ހޫނުގަދަވެ މައިދާނުގައި އީދުނަމާދުކުރާ ފަރާތްތަކަށް ދަތިވާ ގަޑިއެއްކަމުން އެ ގަޑި ބަދަލުކުރުމާމެދު އާންމުންގެ އިތުރުން ދީނީ ޢިލްމުވެރިންވެ ވެސް ހިޔާލު ހޯއްދަވާފައެވެ.
އެގޮތުން ރަމަޟާން މަހުގެ ހަނދު ސާބިތު ކުރުމުގެ ހަފްލާއަށްފަހު ވެސްވަނީ އެކަމާގުޅޭ މަޝްވަރާތައް ކުރިއަށްގެންދަވާފައެވެ.
އެކަމާ ގުޅިގެން ޝެއިޚް ޙުސައިން މިއަދު ވިދާޅުވީ، އެއީ އެއްވެސް ބައެއްގެ މަޝްވަރާ ހޯދަން ޖެހޭ ވަރުގެ މައްސަލައެއް ނޫން ކަމަށާއި ޢީދު ނަމާދުގެ ވަގުތަކީ އިރުއަރައި 15 ވަރަކަށް މިނިޓްފަހުން ފެށިގެން އިރުމެދު ޖެހެންދެން ކަމަށެވެ. އަދި އެދެމެދުގެ ކޮންމެ ވަގުތެއްގައިވެސް ޢީދުކުރެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.
އަދި ސަރުކާރުން ބަލަންވާނީ އާންމު ރައްޔިތުންނަށް ފަސޭހަވާނޭ ގަޑިއަކީ ކޮބައިތޯ ކަމަށާއި ޢީދަކީ އަންހެނުންނާއި ކުޑަކުދީންވެސް ބައިވެރިވުން ސުންނަތް ނަމާދަކަށްވީތީ އެ އެންމެންނަށް ލުއިވާނެ ގޮތަކަށް ބެލީމާ އެކަން ނިމުނީކަމަށް ޝައިޚް ވަނީ ވިދާޅުވެފައެވެ.
ސަބަބަކީ ޢީދު ނަމާދު ކުރެވޭ ތަނަށް ޙައިޟުވެރިންވެސް އައިސް ތަކްބީރުގައި ބައިވެރިވެ، ޚުޠުބާ އަޑުއެހުން ސުއްނަތް ވެގެންވާތީކަމަށް އޭނާވަނީ ވިދާޅުވެފައެވެ.
ޝެއިޚް އިތުރަށް ވިދާޅުވީ، ކޮންމެހެން ޝައިޚުންގެ ފަތަވާތައް ހޯދައި އެބޭފުޅުންގެ ތަފާތު ޚިޔާލުތައް ގެނެސް ސިޔާސީ ސައްލާ ކުރުމަށްވުރެ ޒަމާނުއްސުރެން ދިވެހިންގެ އާދަކާދަ އޮތްގޮތަށް ބޭއްވުމީ އެންމެ މަޞްލަޙަތު ބޮޑުގޮތް ކަމުގައި ދެކޭކަމަށެވެ.
ޝެއިޚް މިހެން ވިދާޅުވިއިރު، ހަނދު ސާބިތުކުރުމުގެ ހަފްލާއަށްފަހު މިނިސްޓަރު ޑރ. ޝަހީމްވަނީ މިކަމުގައި ރާއްޖޭގައި ތިއްބެވި އެފަދަ ކަންކަން އެނގިވަޑައިގަންނަވާ ބޭފުޅުންނާ މަޝްވަރާތައް ކުރައްވާފައިވާނޭކަމަށް ވިދާޅުވެފައެވެ. ހާއްސަކޮށް ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމާއި ވެސް މަޝްވަރާ ކުރެއްވި ކަމަށްވެސްވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު