ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި ސަރުކާރުން ތުރުކީން ގެނައި ޑްރޯންތައް ޓެސްޓްކުރަން ދުއްވަން ފަށާފައިވާކަމުގެ މައުލޫމާތު ލިބިއްޖެއެވެ.

ޑްރޯންތައް ދުއްވާ ވީޑިއޯތަކެއް މިހާރުވަނީ މީސްމީޑިއާގައި އާންމުވެފައެވެ. މައުލޫމާތު ލިބިފައިވާގޮތުގައި ޑްރޯންތައް ޓެސްޓްކުރަން ދުއްވަނީ ނ. މާފަރުގައެވެ. އަދި އެކަމަށް ހާއްސަ އެމްއެންޑީއެފް ގެ ޓީމެއް ވެސް ވަނީ އެ ރަށަށް ގޮސްފައެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިފަހުން ތުރުކީއަށް ކުރެއްވި ޒިޔާރަތުގައިވަނީ އެ ގައުމުގެ އަސްކަރީ އުޅަނދުތައް ބައްލަވާލައްވާ، ރާއްޖޭގެ ކަނޑުގެ ސަރަހައްދު ރާއްޖޭގެ ސިފައިން ބެލެހެއްޓުމަށްޓަކައި އެކަމަށް ބޭނުންވާ ޑްރޯން ގަތުމުގެ އެއްބަސްވުމެއްގައި ސޮއި ކުރައްވާފައެވެ.

އަދި އެ ޑްރޯންތައް ދާދިފަހުންވަނީ ރާއްޖެ ގެނެސްފައެވެ. ނަމަވެސް ޑްރޯން އޮޕަރޭޓްކުރަން ފެށިކަން އެމްއެންޑީއެފުން އަދި ރަސްމީކޮށް އިއުލާނުކޮށްފައެއްނުވެއެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބޭރުގެ ގައުމެއްގެ ސިފައިން ބަލަހައްޓާގޮތަށް އޮންނަ އޮތުން ނިމުމަކަށް ގެނެސް ދިވެހީން ކަނޑުތައް ބަލަހައްޓަން ފެށުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ މުހިންމު އެއް ސިޔާސަތެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން