ރާއްޖެ އެތެރެކުރަން އުޅުނު ފަސް ކިލޯގެ ޑްރަގު އަތުލައިގެންފި އެވެ.
ކްރިމިނަލް ކޯޓުން ނެރުނު އަމުރުން އެނގޭ ގޮތުން އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ޕާކިސްތާނުގެ 56 އަހަރުގެ ފިިރިހެނެކެވެ.
އެ މައްސަލައިގައި އޭނާގެ ބަންދަށް 30 ދުވަސް އިއްޔެ ވަނީ ޖަހައިދީފަ އެވެ.
ކްރިމިނަލް ކޯޓުގެ އަމުރުގައިވާ ގޮތުން އޭނާ ރާއްޖެ އައިއިރު ޝައްކު ކުރެވިގެން ބެލިއިރު އޭނާގެ ދަބަހުން ފަސް ކިލޯޢަށް ވުރެ ގިނަ މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނުނެވެ.
ހަމަ އެހެންމެ އޭނާއަކީ ރާއްޖެއަށް މަސްތުވާތަކެތީގެ ގެނެސް ވިޔަފާރިކޮށް އުޅޭ މީހެއް ކަމަށް ބެލެވޭ ކަމަށާއި އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާ އޮތުމުގެ ފުރުސަތު އޮތްކަން ފާހަގަކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު