ޕޭމަންޓްގައި މުދާ ބަހައްޓައިގެން ވިއްޖި ބަޔަކާ މެދު މާލޭ ސިޓީ ކައުންސިލުން ފިޔަވަޅު އަޅައިފި އެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ އެ ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖްމެންޓު ޔުނިޓުގެ ޝިފްޓު- އޭ އިން މަގުމަތީގައި ހިންގި އޮޕަރޭޝަންގެ ދަށުން ހަތަރު މީހަކު މަގުމަތީ ޕޭމަންޓްގައި މުދާ ބަހައްޓަގައިގެން ވިއްކާކަން ފާހަގަ ކުރެވެނު ކަމަށެވެެ.
އެހެންވެ އެ މީހުން ހުއްޓުވައި ޖޫރިމަނާކޮށްފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެއެވެ.
އެ މީހުން ޖޫރިމަނާ ކުރީ ކޮންމެ މީހަކު 500 ރުފިޔާ އިންނެވެ.
މާލޭ ސިޓީ ކައުންސިލުން އާންމުކުރި ފޮޓޯއިން ފެންނަ ގޮތުން އެކަން ކޮށްފައި ވަނީ ލޯކަލް މާރުކޭޓްގެ ބޭރުގައި ހުންނަ ޕޭމަންޓް މަތީގަ އެވެ. އެގޮތުން ބިދޭސީއަކު ކާޓަކަށް ކިއުކަމްބާ އަޅައިގެން ވިއްކަން ހުންނަތަން ފެނެއެވެ.
ލޯކަލް މާރުކޭޓް ކައިރީގައި އަންނައުނާއި ފައިވާން ފަދަ ތަކެތި ވެސް ޕޭމަންޓް މަތީގައި ބަހައްޓައިގެން ވިއްކާ މައްސަލަ ވެސް ފެންމަތިވެފައި ވެއެވެ. ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި އެތަނުގައި ވިއްކަން ހުންނަނީ ވަގަށް ނަގައިފައި ހުންނަ އަންނައުނާއި ފައިވާން ފަދަ ތަކެއްޗެވެ.

ކިޔުންތެރިންގެ ހިޔާލު