މިދިޔަ އަންގާރަ ދުވަހަށް ވުރެ އިއްޔެ މާލޭގެ މަގުމަތިން ނެގި ކުނި އިތުރުވެފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.
ރޯދަ މަހާ ދިމާކޮށް މާލޭގެ މަގުތަކަށް ކުނި އަޅާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.
މިދިޔަ އަންގާރަ ދުވަހު ހުޅުމާލެ، ވިލިމާލެ ނުލައި މާލެއިން އެކަނި 38 ޓަނުގެ ކުނި ނެގި އެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ ރޭ ވެސް 42 ޓަނުގެ ކުނި މާލޭގެ މަގުމަތިން ނެގި ކަމަށެވެ. އެގޮތުން 1.5 ޓަނުގެ 13 ޕިކަޕު، 350 ކިލޯގެ 19 ޕިކަޕު އަދި 2 ޓަނުގެ 8 ޕިކަޕުގެ ކުނި މާލޭގެ އެކި ސަރަހައްދުތަކުން ނެގި ކަމަށް ކައުންސިލުން ބުނެއެވެ.
މާލޭ ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލު ވިދާޅުވީ ކުނި އެޅުން ހުއްޓުވަން ސިޓީ ކައުންސިލްގެ ވެށިފާރަވެރިން ވެސް މަގުތަކަަށް ނެރެމުންދާ ކަމަށެވެ.
ހަމަ އެހެންމެ ކުނި އަޅާ މީހުން ހޯދަން ސީސީޓީވީތައް ބަލައި ފުލުހުން މެދުވެރިކޮށް އެ މީހުން ހޯދަމުންވެސް ދާ ކަމަށެވެ.
އޭނާ ވިދާޅުވީ ގޭތެރޭގައި ގެންގުޅޭ ސޯފާ، ފާހަނާތައްޓާއި ބޮޑެތި ހިފާ ގެންގުޅޭ ތަކެތީގެ އިތުރުން ކޮންސްޓްރަކްޝަން ކުނިތައް ވެސް ވަރަށް ގިނައިން މަގުމަތިން ނަގަމުންދާ ކަމަށެވެ.
މިދިޔަ އާދިއްތަ ދުވަހު ވެސް މާލެއިން އެކަނި 59.6 ޓަނުގެ ކުނި ނެގި އެވެ.
މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ މިދިޔަ 15 ދުވަސްތެރޭ 200 ޓަނުގެ ކުނި މާލެ ތެރެއިން ނެގިފައިވާ ކަމަށެވެ. އެއީ 25 ފޫޓުގެ 8 ކޮނޓޭނަރުގެ ކުނިކަން އާޒިމް ފާހަގަ ކުރެއްވި އެވެ.
އާޒިމް ވަނީ މާލޭ މަގުމައްޗަކީ ކުނި އަޅާ ތަނަކަށް ނުހެދުމަށް އެންމެހާ ރައްޔިތުންނަށް އިލްތިމާސް ކުރަށްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު