ރޯދަމަހާ ދިމާކޮށް ކ. ދިއްފުއްޓަށް 600 ކިލޮވޮޓްގެ ޖަނަރޭޓަރެއް ސެޓެއް ގެންގޮސްފިއެވެ.

ސްޓެލްކޯއިން ބުނީ، އާ ޖަނަރޭޓަރު ބަހައްޓާފައި ވަނީ މި އަހަރުގެ ޕީކް ސީޒަނާއި ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުންނާއި، އަދި އެ ކުންފުނިން ދިއްފުށީގައި ދެމުންގެންދާ ޚިދުމަތް އިތުރަށް ފުރިހަމަކޮށް، އެ ޚިދުމަތުގެ ޔަގީންކަން ކަށަވަރުކޮށްދިނުމުގެ ގޮތުން ކަމަށެވެ.

އެގޮތުން 600 ކިލޮވޮޓްގެ ޖަނަރޭޓަރު ސެޓު ދިއްފުއްޓަށް ގެންދެވި ކޮމިޝަންކޮށް މިހާރު ލޯޑަށް ދެވިފައިވާނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ.



މި ދުވަސްވަރަކީ ރާއްޖެއަށް އެންމެ ހޫނުގަދަ ދުވަސްވަރަށް ވެފައި، ރަމަޟާން މަހަށް ވުމުން، ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ކަރަންޓް ބޭނުން ކުރާ މިންވަރު މަތިވެއެވެ. އެކަމަށް ބަލައި ސްޓެލްކޯއިން ދަނީ އެކި ހިސާބުތަކަށް ބޭނުންވާ ޖަނަރޭޓަރު ސެޓް ފޯރުކޮށްދެމުންނެވެ.

މޫސުމާބެހޭ ގައުމީ އިދާރާ (މެޓް) އިން ހާމަކޮށްފައިވާ ގޮތުގައި މިއީ އެންމެ ހޫނު ދުވަސްވަރެވެ. އަދި ހޫނުމިން އަދިވެސް މަތިވުމުގެ ފުރުސަތު އެބައޮތެވެ.

އެ އޮފީހުން ބުނެފައި ވަނީ، މާޗް އަދި އޭޕްރީލް މަހަކީ އަހަރުގެ ތެރޭގައި ރާއްޖޭގެ ސަރަހައްދަށް ހޫނުމިން އެންމެ މައްޗަށްދާ ދުވަސްވަރު ކަމަށެވެ. އަދި ވިލާ މަދުވުމާއި ވައި މަޑުވުމުގެ އިތުރުން ވައިގެ ތެތްކަން މަތިކޮށް ހިފެހެއްޓިފައި ހުރުމުގެ ސަބަބުން ވައިގެ ހޫނުމިނަށްވުރެ އިހުސާސް ކުރެވޭ ހޫނުމިން މަތިވާ ކަަމަށް އެ އޮފީހުން ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން