ރާއްޖޭގެ ފުރަތަމަ އޯޓިސްޓިކް ޚަތީބު ހުސެއިން ޒައިން އަލީ މާދަމާ ހުކުރު ކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.
ޒައިންއަކީ ޒުވާން އިމާމުންނާއި ޚަތީބުން ތާޒާކުރުމަށް ހިންގާ ޕްރޮގްރާމްގެ ތެރެއިން ދާފި ފަހުން ބޭއްވި ފުުރަތަމަ ބުރު ނިންމި 57 ޒުވާނުންގެ ތެރެއިން އެއް ކުއްޖެކެވެ.
ތާޖުއްދީން ސްކޫލުގެ ގްރޭޑް 10 ގައި ކިޔަވަމުންދާ ޒައިން ހުކުރު ކުރާނީ ހުޅުމާލޭގައި ހުންނަ މަސްޖިދުލް އަމާނީ މިސްކިތުގައި ކަމަށް ޒައިންގެ ބައްޕަ އަލީ ރިޒާ "ރަސް"އަށް ވިދާޅުވި އެވެ.
ޒައިންއާ ވަރަށް ގާތުން މަސައްކަތް ކުރި ތާޖުއްދީން ސްކޫލުގެ ކުރީގެ ޕްރިންސިޕަލް ބަޝީރާ މުހައްމަދު "ރަސް"އަށް ވިދާޅުވީ ޒައިންއަށް އިމާމްވެ ހުކުރު ކުރުމުގެ ފުރުސަތު ލިބުމުން ވަރަށް އުފާވާ ކަމަށެވެ.
ބަޝީރާ ވިދާޅުވީ ޒައިން ކުރިއްސުރެވެސް ހުކުރު ހުތުބާ ކިޔަން ޝައުގުވެރިކަން ހުންނަކަމަށް ބުނެފައިވާ ކަމަށެވެ.
"އަޅުގަނޑު ދެން ބުނެފައިވެސް ހުންނާނެ އަދި އެ ފުރުސަތު ލިބޭނެޔޭ." ބަޝީރާ ވިދާޅުވި އެވެ.
މިއީ ރާއްޖޭގައި މިފަހުގެ ތާރީޚެއްގައި އޯޓިޒަމް ބަލި ހުންނަ ކުއްޖަކު ޚުތުބާ ކިޔައި ހުކުރު ކުރާ މަންޒަރު އާންމުކޮށް ފެނިގެންދާ ފުރަތަމަ ފަހަރެވެ. މުޖުތަމަޢުން އެކަހެރި ވެފައިވާ މިފަދަ ކުދިންނަށް އަޅައިލާ އޯގާތެރި މުޖުތަމައެއް ބިނާ ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް އިސްކަން ދެއްވާ އެމަނިކުފާނުގެ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ.
ޒުވާން ހަތީބުން ތަމްރީން ކުރަން ހިންގި ޕްރޮގްރާމުން ދަސްވެނިވި އެހެން އިމާމުން ވެސް އިމާމުވެ ހުކުރު ކުރާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު