ނާޒިމް ދާއިރާއަށް ހަދިޔާކުރި މާސްކުތައް ޕެކްކޮށްފަ، ފޮޓޯ:ނާޒިމް ޓުވިޓާ
ނާޒިމް ދާއިރާއަށް ހަދިޔާކުރި މާސްކުތައް ޕެކްކޮށްފަ، ފޮޓޯ:ނާޒިމް ޓުވިޓާ
ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ ސްކޫލުދަރިވަރުންނާއި އާންމުންނަށް 14000 ފޭސްމާސްކް އެދާއިރާގެ މެމްބަރު ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމް ހަދިޔާ ކުރައްވައިފިއެވެ.

މިތަކެތި ހަދިޔާކުރެއްވުމަށްފަހު ނާޒިމް ކުރެއްވި ޓްވީޓްގައި ވިދާޅުވީ މިހާލަތުގައި ސިއްހީ ގޮތުން ރައްޔިތުންގެ ސަލާމާތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެންމެ ރަނގަޅު ގޮތަކީ ކަމާއި ބެހޭ ފަރާތްތަކުން ދެއްވާ އިރުޝާދުތަކަށް އަމަލުކުރުން ކަމަށެވެ. ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ދާއިރާގެ ސްކޫލުތަކުގެ ދަރިވަރުންނަށާއި، އާންމު ރައްޔިތުންނަށް 14000 ފޭސް މާސްކު ނާޒިމް ވަނީ ހަދިޔާ ކުރައްވާފައެވެ.

"ކޯވިޑް19 އާއި ދެކޮޅަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން އަޅުގަނޑު ތަމްސީލްކުރާ ދަނގެތި ދާއިރާގެ ސްކޫލު ދަރިވަރުންނާއި، އަދި ރައްޔިތުން ހިމެނޭގޮތުން ބެހުމަށް 14000 ރީޔޫސަބަލް ފޭސްމާސްކް ހަދިޔާކޮށްފިން." ނާޒިމް ވިދާޅުވިއެވެ.

ކޯވިޑް-19 އިން ރައްކާތެރި ވުމަށް ގެއިން ބޭރުގައި އުޅޭ ހުރިހާ ވަގުތެއްގައިވެސް ފޭސް މާސްކް އެޅުމަށް ސިއްހީ މާހިރުން ލަފާ ދެއްވައެވެ. އަދި ގިނަ ގިނައިން އަތް ދޮވުމަށާއި އިޖުތިމާއީ ގައިދުރުކަން ބަހައްޓައިގެން ބޭރުތެރޭގައި އުޅުމުން ކޮރޯނާ ވައިރަހުން ރައްކާތެރި ވެވޭކަން ސިއްހީ ދިރާސާތަކުން ކަށަވަރުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން