ދައުލަތަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރެއްވި ގ. ޝާމިލް، ހަސަން ޝުކުރީ ނިޔާވުމާ ގުޅިގެން ނާއިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ތައުޒިޔާ ވިދާޅުވެއްޖެ އެވެ.

ދައުލަތަށް 49 އަހަރު ހިދުމަތް ކުރެއްވި ޝުކުރީ ނިޔާވީ ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް އިއްޔެގެ ވަގުތެއްގަ އެވެ.

އަދި ހުޅުމާލޭގެ ސަހަރާގައި އޭނާ ރޭ ވަނީ ވަޅުލައިފަ އެވެ.

ޝުކުރީ ނިޔާވުމާ ގުޅިގެން ނާއިބު ރައީސް ކުރެއްވި އެކްސްއެއްގައި ވަނީ އޭނާގެ އާއިލާއަށް ތައުޒިޔާ ދަންނަވައިފަ އެވެ.

"މާތް ﷲ މައްޔިތާގެ ފުރާނަ މަތިވެރިވެގެންވާ ޖަންނަތުލް ފިރުދައުސްގައި ލައްވާށިއެވެ! އަދި އާއިލާއަށް ކެތްތެރިކަން ދެއްވާށި.آمين" ނާއިބު ރައީސް ކުރެއްވި އެކްސްގައި ވިދާޅުވެފައި ވެއެވެ.

ޑިފެންސް މިނިސްޓްރީގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރެއްވި ޝުކުރީގެ ހިދުމަތުގެ އަގު ވަޒަންކޮށް މިދިޔަ އަހަރުގެ ޖުލައި މަހު އޭނާއަށް ވަނީ ޝަރަފުގެ ބެޖާއި އައްޑަނަ ވެސް އަރުވައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން