މާލޭގެ ހަތަރު މިސްކިތެއްގައ މިއަދު ޒުވާން ޚަތީބުން ހުކުރު ކުރާ ގޮތަށް ހަމަޖައްސައިފި އެެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ މިއަދު ހުކުރު ކުރާ ޒުވާނުންނާއި އެ ޒުވާނުންގެ ނަންތައް ވެސް އާންމުކޮށްފަ އެވެ.

އޭގެ ތެރޭގައި ހިމެނެނީ ހުކުރު މިސްކިތުގައި ހުކުރު ކުރާ ނައުފަން ނިޔާފްއާއި ހުޅުމާލޭގައި ހުންނަ މަސްޖިދުލް އަމާނީގައި ހުކުރު ކުރާ ހުސައިން ޒައިން އަލީއާއި ތައިބާ މިސްކިތުގައި ހުކުުރުކުރާ ސުލައިމް މުހައްމަދު ލަތީފްގެ އިތުރުން އީދު މިސްކިތުގައި ހުކުުރުކުރާ އަބްދުލްމަތީން މުހައްމަދު ހިމެނެ އެވެ،

އެ ހަތަރު ޒުވާނުންގެ ތެރެއިން ޒައިންއަކީ ތާޖުއްދީން ސްކޫލުގެ ގްރޭޑް 10ގައި ކިޔަވަމުންދާ އޯޓިޒަމް ހުންނަ ކުއްޖެކެވެ.

މިއަދު ހުކުރު ކުރާ ޒުވާނުންނަކީ ޒުވާން އިމާމުންނާއި ޚަތީބުން ތާޒާކުރުމަށް ހިންގާ ޕްރޮގްރާމްގެ ތެރެއިން ދާފި ފަހުން ބޭއްވި ފުުރަތަމަ ބުރު ނިންމި 57 ޒުވާނުންގެ ތެރޭގައި ހިމެނޭ ޒުވާނުން ތަކެކެވެ.

ރާއްޖޭގެ ބައެއް މިސްކިތްކުގައި ސްކޫލު ކުދިން މީގެ ކުރިން ވެސް ވަނީ އިމާމުވެ ނަމާދުކޮށްފަ އެވެ. އޭގެ އިތުރުން އިމާމުވެ ތަރާވީސްވެސް ކޮށްފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން