ދުލުގައި ހިފާ ދަމާ ވަރަކަށް ހަގީގަތް އިތުރަށް ހާމަވާނެ ކަމަށް ވިދާޅުވެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް އޭނާއަށް ބޮޑެތި ތުހުމަތުތަކެއް ކުރަމުންދާ އެމްޑީޕީގެ ބޭފުޅުންނަށް ހޫނު ރައްދެއް ދެއްވައިފި އެވެ.

މި ސަރުކާރުގެ ބައެއް ވަޒީރުންނަށް ރުހުން ނުދޭން ވިޕެއް ނެރެފައި އޮއްވައި އެ ވޯޓުގައި ސަނީފް ބައިވެރިވެވަޑައި ނުގެންނެވީ ރިޝްވަތު ނަންގަވައިގެން ކަމަށް ބުނެ ރަޖިސްޓްރީ ނުކޮށް ނެރޭ އޮންލައިން ނޫހަކުން ފަތުރާ ޚަބަރު ތަކުގެ ރައްދުގައި ސަނީފް މިދިޔަ ބުދަ ދުވަހު މަޖިލީހުގައި ވިދާޅުވީ އެ ނޫހަކީ އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ހިންގަވާ ނޫހެއް ކަމަށެވެ.

އެފަދައިން ސަނީފް ވިދާޅުވި ފަހުން އޭނާއަށް ބަހުގެ ހަމަލާތައް ދޭ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

ނަމަވެސް ސަނީފް އެކްސްގައި ވިދާޅުވީ އޭނާގެ ދުލުގައި ހިފާ ދަމާވަރަކަށް އިތުރު ހަގީގަތްތައް ހާމަވާނެ ކަމަށެވެ.

"މި ވާހަކަ ތަކާ ގުޅިގެން ބިރުދަށްކަން އުޅުމަކީ ވަރަށް ފިނޑި އަމަލެއް." ސަނީފް ވިދާޅުވި އެވެ.

ސަނީފް ކުރެއްވި ތުހުމަތުތަކަށް ޝާހިދުވެސް ވަނީ ރައްދު ދެއްވައިފަ އެވެ. ޝާހިދު ވިދާޅުވީ އެވިދާޅުވާ ނޫހާއި އެއްވެސް ގުޅުމެއް ނޯންނާނެކަމަށާއި އެއީ ދޮގު ވާހަކައެއް ކަމަށެވެ.

ނަމަވެސް ސަނީފް އެވިދާޅުވި ފަފައިން އެ ނޫސް ހިންގުމުގައި އިސްކޮށް އުޅުއްވަނީ ޝާހިދާއި ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާން މިއުވާން ކަމަށް މިހާރު ގިނަ ބަޔަކު އަންނަނީ ތުހުމަތު ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން