ކަތިވަޅި ގެއްލި މަރިޔަބު ގެއްލި ކޮށި ދަނޑު ގެއްލުމުން ދެން ގޮވާނީ މޮޔަކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އަދުރޭ އެފަދައިން ވިދާޅުވީ ސީދާ ކީއްވެެގެން ކަމެއް ނޭނގެ އެވެ.

ނަމަވެސް ބެލެވޭ ގޮތުގައި މިއީ ޕީޕީއެމުން ވަކިވެ ޕީއެންއެފްގެ ނަމުގައި އާ ޕާޓީއެއް ހަދަން އުޅޭ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނަށް ދިން ބަހުގެ ހަމަލާ އެކެވެ.

އަދުރޭ އެކްސްގައި ވިދާޅުވީ ކަތިވަޅި ގެއްލި މަރިޔަބު ގެއްލި ކޮށި ދަނޑު ގެއްލުނީމާ މޮޔަގޮވުމަކީ މީގެ ކުރިންވެސް ހިނގާ ކަމެއް ކަމަށެވެ.

"މޮޔައިންނާ އަޅާ މޮޔަވާނީ އަދި އެ އަށްވުރެ ބޮޑެތި މޮޔައިންކަމަށް ކާބަފައިން ބުނާތީ އަޑު އިވުނީ." އަދުރޭ ވިދާޅުވި އެވެ.

އަދުރޭ އެފަދައިން ވިދާޅުވި އިރު ޕީއެންއެފް އުފެއްދެވުމުގައި އިސްކޮށް އުޅުއްވާ ކުރީގެ ނާއިބު ރައީސް މުހައްމަދު ޖަމީލު ދާދި ފަހުން ވަނީ އަދުރޭ އަބަދުވެސް އަގަށާއި މުސާރައަށް ސިޔާސީ މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށް ވިދާޅުވެފަ އެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނާ އެއްމެ ގާތް ކޮށް އުޅުއްވި ބޭފުޅަކީ އަދުރޭ އެވެ. އަދި ވެރިކަން ނިމުނުފަހުން ވެސް ރައީސް ޔާމީންއަށް ވަރަށް ބޮޑަށް ސަނާ ކިޔާ އުޅުއްވި އެވެ.

ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ފެށި ރައީސް ޔާމީންއާ ރައީސް މުއިއްޒުގެ ގުޅުން ކެނޑުނު ފަހުން އަދުރޭ ނެންގެވީ ރައީސް މުއިއްޒުގެ ކޮޅެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން