ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލުމަށް 4000އަށް ވުރެ ގިނަ މީހުންނަށް ރީ ރަޖިސްޓްރީކޮށްދީފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ރީ ރަޖިސްޓްރީވާން ހުޅުވާލި ފުރުސަތުގެ ތެރެއިން އިއްޔެ މެންދުރާއި ހަމައަށް 5202 ފޯމު ހުށަހެޅި ކަމަށެވެ.

ނަމަވެސް އޭގެ ތެރެއިން އެކި ސަބަބުތަކާ ހުރެ 484 ފޯމު ރިޖެކްޓްކުރި ކަމަށާއި އަދި ރީ ރަޖިސްޓްރީކޮށްދިނީ 4718 މީހުން ކަމަށެވެ.

ރީ ރަޖިސްޓްރީކޮށްދިން މީހުންގެ ތެރޭގައި ރާއްޖެއިން ބޭރުގައި ވޯޓުލާން ރީ ރަޖިސްޓްރީ ކުރީ 656 މީހުން ވެސް ހިމެނެ އެވެ.

މަޖިލިސް އިންތިހާބު ބާއްވަން އެންމެ ފުރަތަމަ ނިންމީ މި މަހުގެ 17 ވަނަ ދުވަހުއެވެ.

ނަމަވެސް އިންތިހާބާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކުރުމުން އަންނަ މަހު 21 ވަނަ ދުވަހު އިންތިހާބު ބާއްވަން ވަނީ ނިންމައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން