ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާވާތީ ސްކޫލުތަކުގެ ދެވަނަ ޓާމުގެ ޓެސްޓުތައް އަވަސްކޮށްފި އެވެ.

ދިރާސީ އަހަރުގެ ކަލަންޑަރުގައި ގްރޭޑް ހަތެއް، އަށެއް އަދި ނުވައެއްގެ ދެވަނަ ޓާމްގެ ޓެސްޓު ބާއްވާ ތާރީހުގެ ގޮތުގައި ކަނޑައަޅާފައި އޮތީ އޭޕްރީލް 16 އިން 27 އާ ދެމެދުގައެވެ.

ނަމަވެސް އެޑިއުކޭޝަން މިނިސްޓްރީން ސްކޫލުތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނީ ޓެސްޓު ބާއްވަން ކަނޑައަލާފައި އޮތް ދުވަސް އިންތިހާބުގެ ތެރެއަށް ވަންނާތީ ޓެސްޓު ބާއްވާ ދުވަހަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށެވެ.

އެެހެންކަމުން ދެވަނަ ޓާމްގެ އިމްތިހާން 27 މާޗުން 25 އޭޕްރީލް އާ ދެމެދު ރަސްމީ ދުވަސްތަކުގައި ބާއްވައި ނިންމުމަށް އެޑިއުކޭޝަނުން ވަނީ އަންގައިފަ އެވެ.

އޭގެ އިތުރުން އޭޕްރީލް 20ވާ ހޮނިހިރު ދުވަހު ޓެސްޓު ނަގާ ނަމަ އީސީން އެ ސްކޫލަކަށް ކަނޑައަޅާފައިވާ ފޯކަލް ޕޮއިންޓާ މަޝްވަރާ ކުރުމަށްފަހު ގޮތެއް ނިންމުމަށް ވެސް މިނިސްޓްރީން ވަނީ ސްކޫލުތަކަށް އަންގައިފަ އެވެ.

މަޖިލިސް އިންތިހާބު ބާއްވަން އެންމެ ފުރަތަމަ ނިންމީ މި މަހުގެ 17 ވަނަ ދުވަހުއެވެ.

ނަމަވެސް އިންތިހާބާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކުރުމުން އަންނަ މަހު 21 ވަނަ ދުވަހަށް އިންތިހާބު ފަސްކުރީ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން