ކަޅު ބާޒާރުގައި ޑޮލަރު ވިއްކަން އުޅެނިކޮށް އަތުލައިގެން ބިދޭސީން ޑީޕޯޓް ކުރަން ނިންމާފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން އިއްޔެ ބުނެފައިވަނީ މ. ސްޓާކާލައުންޑްސް އިމާރާތުގައި ހުންނަ ބީއެމްއެލްގެ ޑޮލަރު އޭޓީއެމް ކައިރީގައި އުޅޭ ބިދޭސީން ގަވާއިދާއި ހިލާފަށް ޑޮލަރުގަނެ ވިއްކުމުގައި ހަރަކާތްތެރިވާތީ އިމިގްރޭޝަންގެ ރިސްކު އިންޓެލިޖެންސް އެންޑް ލީގަލް އެފެއާޒް އާއި އެންފޯސްމަންޓް އެންޑް ކޮމްޕްލަޔަންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި ހަތް މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

އެ މީހުންގެ ތެރޭގައި ސައްހަ ވިސާ ނެތި ރާއްޖޭގައި އުޅެމުން އަންނަ މީހުންނާއި ދޫކޮށްފައިވާ ހުއްދައިގެ ބޭރުން މަސައްކަތް ކުރާ ބިދޭސީން ވެސް ހިމެނޭއިރު އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝައްމާން ވަހީދު މިއަދު ވިދާޅުވީ އެ މީހުން ރާއްޖެ ނާދެވޭ ގޮތަށް ޑީޕޯޓް ކުރުމަށް ނިންމާފައިވާ ކަމަށެވެ.

ނަމަވެސް އެމީހުން ޑީޕޯޓްކޮށްލާނީ ކޮންދުވަހަކުން ކަމެއް އިމިގްރޭޝަނުން ބުނެފައެއް ނުވެއެވެ.

ޑޮލަރުގެ ކަޅުބާޒާރު ނައްތާލުމަަށް މަސައްކަތް ކުރުމަކީ މި ސަރުކާރުން އިސްކަމެއް ދީގެން ކުރަމުންއަންނަ މަސައްކަތެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން