ފޮޓޯ: މިހާރު
ފޮޓޯ: މިހާރު
ދިވެހި ސިފައިންގެ ތެރޭގައި ވައިގެ ސިފައިންގެ ހިދުމަތް، އެމްއެންޑީއެފް އެއާ ކޯ މިރޭ އިފްތިތާހުކޮށްފި އެވެ.

ނ. މާފަރުގައި ބޭއްވި ރަސްމިއްޔާތެއްގައި އެމްއެންޑީއެފް އެއާ ކޯ އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.

އެއާކޯގެ ހިދުމަތް އިފުތިތާހު ކުރުމާ އެކު، އެންމެ ފުރަތަމަ ވައިގެ ސިފައިންގެ ތެރެއަށް ތައާރަފުކުރީ އަސްކަރީ ޑްރޯން ނުވަތަ "އަންމޭންޑް އޭރިއަލް ކޮމްބެޓް ވެހިކަލް (ޔޫއޭވީ) ކަމަށް އެމްއެންޑީއެފުން ބުނެއެެވެ.

ރާއްޖޭގެ އިގުތިސާދީ ސަރަހައްދު ބަލަހައްޓަން ތުރުކީ ވިލާތުން ވަނީ ރާއްޖެއަށް އަސްކަރީ ދެ ޑްރޯން ގެނެސްފައެެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ތުރުކީ އިން ގަނެގެން ގެނެސްފައިވަނީ އެ ގައުމުން އުފައްދާފައިވާ "ބައިރަކްތާރު ޓީބީ2" ގެ ދެ ޑްރޯން އެވެ.

އެމްއެންޑީއެފުން މިރޭ ބުނިގޮތުގައި އަސްކަރީ ދެ ޑްރޯން މިރޭ އިފުތިތާހު ކުރި ނަމަވެސް ކުރިއަށް އޮތްތަނުގައި "އަންމޭންޑް" އަދި "މޭންޑް" ސިސްޓަމްތައް ދިވެހި ސިފައިންގެ ތެރެއަށް ތައާރަފުކުރާނެއ ކަމަށެވެ. އަދި ދައުލަތުގެ ބަޖެޓް ތަންދިން ވަރަކުން ވައިގެ ސިފައިންގެ ހިދުމަތަށް އިތުރު ސާމާނު ގެންނާނެ ކަމަށް ވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

ޑްރޯން އޮޕަރޭޝަންތަކުގެ ބޭސް އަކަށް އެމްއެންްޑީއެފުން ބޭނުންކުރާނީ މާފަރު އެއާޕޯޓެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން