ޤައުމަށް ދިމާވާ އެކި ކާރިސާތަކުން ޤައުމު ސަލާމަތްކުރެވޭނީ ޤައުމުގެ އެތެރޭގައި އޮންނަ ސިޔާސީ ހަމަނުޖެހުން ނައްތާލައި އެއްބައިވަންތަ ކޮށްގެން ކަމުގައި ކުރީގެ އިސްލާމިކް މިނިސްޓަރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ކޯވިޑްގެ ބަލިމަޑުކަން ބޮޑުވެފައިވާ މިވަގުތުގައި ޤައުމުގެ އެތެރޭގައި އޮތް ސިޔާސީ ވާދަވެރިކަމާއި ބައިބައިވުމަށް އިޝާރަތް ކުރައްވައި ޝަހީމް ވިދާޅުވީ މިވަގުތަކީ ޤާއުމުގެ ވެރިކަން ކުރާ ފަރާތުން އިދިކޮޅު ފަރާތްތަކާއި ޚާއްސަކޮށް ސިޔާސީ ގޮތުން ވާދަވެރި ފަރާތްތަކާއި ވާހަކަ ދައްކަންޖެހޭ ވަގުތުކަމަށެވެ. ޤައުމީ މަސްލަހަތާއި ގައުމުގެ ކުރިއެރުން ބިނާކުރެވޭނީ ރަނގަޅު މަޝްވަރާތަކެއްގެ މައްޗަށްކަމަށްވާއިރު މިކަން ކުރުމަށް ސަރުކާރުން އިސްކަން ދޭންޖެހޭކަމަށް ޝަހީމް ވިދާޅުވިއެވެ.
ރާއްޖެއަށް މިއަދު ކުރިމަތިވެފައިވާ މި ދަނޑިވަޅުން އަރައި ގަތުމަށް ސިޔާސީ ގޮތުން ގައުމަށް ގެންނަންޖެހޭ ހަމަޖެހުމަކީ މިވަގުތު ކުރަންޖެހޭ އެންމެ މުހިންމު ކަންތައްކަމަށް ޝަހީމް ވިދާޅުވިއެވެ. އަދި މިކަން ކުރުމުގެ ބާރު އޮންނާނީ އެއިރެއްގައި އޮންނަ ސަރުކާރަކަށް ކަމަށް ވިދާޅުވެ ޝަހީމްވަނީ ނުސީދާ ގޮތަކަށް މަޝްވަރާއަށް ގޮވަލައްވާފައެވެ.
"ޤައުމީ ކާރިސާތަކުން ސަލާމަތްވުމުގެ އެންމެ ފުރަތަމަ ފިޔަވަޅަކަށްވާންޖެހޭނީ ވަގުތުން ވަގުތަށް ޤައުމަށް ސިޔާސީ ހަމަޖެހުން ގެނެސް ޤައުމީ އެއްބައިވަންތަކަން ޤާއިމުކޮށް ޤައުމު ސަލާމަތްކުރުމުގެ މަގުކޮށުން. އިސްވެ މިކަންކުރުމުގެ ބާރު އޮންނާނީ އެއިރެއްގައި އޮންނަ ސަރުކާރަކަށް." ޝަހީމް ވިދާޅުވިއެވެ.
ޝަހީމް މިމޭރުމުން ވާހަކަ ދައްކަވާފައިވާއިރު މިނިވަން ދުވަހު ޤައުމާއި މުޚާތަބް ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވީ ސިޔާސީ ކަންކަމުގައި ޚިޔާލުތު ތަފާތުވުންތަކެއް ހުރި ކަމުގައި ވީނަމަވެސް ޤައުމުގެ އެންމެ މަތީ މަސްލަހަތު ހިމެނޭ ކަންކަމުގައި އެންމެންގެ މަޝްވަރާ އާއި އެކުގައި ކަންކަން ކުރުމަކީ ޤައުމަށް އެންމެ ފައިދާހުރި ގޮތްކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ މަޝްވަރާއަށް ގޮވާލައްވާފައިވަނިކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަޝްވަރާކުރަންވީ ލީޑަރެއް އިދިކޮޅަށް ދެއްކިފައި ނުވާކަމަށެވެ. ރައީސް ނަޝީދުގެ މި ވާހަތަކާއި ގުޅިގެން މަޝްވަރާ ކުރުމާބެހޭ ގޮތުން ދެކެވުނު ވާހަަކަތަކަށް ހުރަސްއެޅި ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކާއި އިދިކޮޅު ފަރާތްތަކުގެ މެދުގައު ވަނީ ހޫނު ބަހުގެ ހަމަލާތަކެއް ބަދަލުކުރެވިފައެވެ. އަދި ރައީސް ޞާލިހު މަޝްވަރާގެ ވާހަކަ ވިދާޅުވި ނަމަވެސް މިހާތަނަށް މަޝްވަރާއާއި ގުޅޭ އެއްވެސް ކަމެއް ހިނގާކަމެއް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ. އެހެން ރައީސްގެ އެގޮވާލެއްވުމަކީ އިހުލާސްތެރިކަމާއެކު ގޮވާލެއްވި ގޮވާލެއްވުމެއް ނޫންކަމަށް އިދިކޮޅު ފަރާތްތަކުން ވަނީ ސިފަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު