މިއަހަރު ނިމޭއިރު މެޑިކަލް އިވެކުއޭޝަނަށް އަބަދު ބޭނުން ކުރެވޭނެ ހެލިކޮޕްޓަރެއް ރާއްޖޭގައި އޮންނާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމް.އެން.ޑީ.އެފް އެއަރ ކޯ އިފުތިތާހުކޮށްދެއްވައި، އަންމޭންޑް އޭރިއަލް ވެހިކަލް (ޔޫ.އޭ.ވީ) ސިފައިންގެ ޚިދުމަތަށް ތަޢާރަފުކޮށްދެއްވުމަށް ރޭ މާފަރު އެއާޕޯޓްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ އެއާ އެމްބިއުލާންސަކަށް މަތިންދާ ބޯޓަކާއި ސީ ޕްލޭނެއް މިހާރު ރާއްޖޭގައި އެބައޮތް ކަމަށެވެ. އަދި މިއަހަރު ނިމުމުގެ ކުރިން އެއާ އެމްބިއުލާންސެއްގެ ގޮތުގައި ހެލިކޮޕްޓަރެއްވެސް ރާއްޖެ ގެންނާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

"މިއަހަރު ނިމުމުގެ ކުރީގަ ހެލިކޮޕްޓަރ ސާވިސްގެ ތެރޭގަވެސް އަބަދު ބޭނުންކުރެވޭ މެޑިކަލް އިވެކުޢޭޝަންއަށް ބޭނުންކުރެވޭ ހެލިކޮޕްޓަރެއް ވެސް އޮންނާނެ،"ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އެ ހެލިކޮޕްޓަރާއެކު ދިވެހިން އެއްވެސް ބޭރުގެ އެހީއެއް ނެތި އަމިއްލަ ކެޕޭސިޓީގައި އެއާ އެމްބިއުލާންސުގެ ޚިދުމަތް ރާއްޖޭގައި ޤާއިމުކުރެވިގެންދާނެ ކަމަށެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ކަނޑުމަތީގައި ހާލުގައި ޖެހޭ މީހުން ހޯދުމަށް މީގެ ކުރިން އެހެން ގައުމުތަކުގެ އެހީތެރިކަން ހޯދަން ޖެހުނީ އެ ކެޕޭސިޓީ ރާއްޖޭގައި ނެތުމުން ކަމަށާއި ޑްރޯން ބޭނުން ކުރަން ފެށުމާއެކު ހާލުގައި ޖެހޭ މީހުން ހޯދަން ދެން ގިނަ ވަގުތުތަކެއް ނުނަގާނެ ކަމަށެވެ.

ހާލުގައި ޖެހިގެން ހޯދަން ޖެހޭ މީހާ ނުހޯދިގެން މީގެ ކުރިން އުޅެން ޖެހުނުހާ ގިނަ ވަގުތު ދެން އުޅެން ނުޖެހޭނެކަން އިރާދަކުރެއްވީތީ ޔަގީންވެގެން އެބަދޭ،" ރައީސް ވިދާޅުވި އެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރަށްރަށަށް ކަނޑުމަގުން ޑްރަގު އެތެރެކޮށް، ހެދުމުގައި ކުރާ މަސައްކަތް ޑްރޯންތަކުގެ އެހީގައި ހުއްޓޭނެ ކަމަށެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން