ދިވެހިރާއްޖޭގެ ސަރަހައްދު ދިވެހީން އަމިއްލައަށް ބަލަހައްޓަން ފެށުމަކީ ތާ އަބަދަށް ދިވެހީން ފަހުރުވެރިވާނެ ކަމެއްކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލް މަތީން ވިދާޅުވެއްޖެއެވެ.

ދިވެހި އަސްކަރިއްޔާގެ އެއަރފޯސް އަދި އަސްކަރީ ޑްރޯންތައް ރޭ އިފްތިތާހު ކުރުމާއި ގުޅިގެން ގިނަ ބަޔަކު ދަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ތައުރީފުގެ ބަސްތައް ރައްދު ކުރަމުންނެވެ.

އެގޮތުން ރައީސްގެ މަސައްކަތްޕުޅަށް ތައުރީފުކުރައްވާ މަތީން މިރޭ އެކްސްގައި ވިދާޅުވީ، ނުވަލައްކަ އަކަކިލޯމީޓަރަކީ ތަނަވަސް އިޤްތިސާދެއް ހޯދޭވަރުގެ ބޮޑު ސަރަހައްދެއްކަން ރައްޔިތުންނަށް ވިދާޅުވެދެއްވާ އެސަރަހައްދު ދިވެހިން އަމިއްލަޔަށް ބެލެހެއްޓުމުގެ މަސައްކަތް ރައީސް‬⁩ ފެއްޓެވުމަކީ ތާއަބަދަށް ދިވެހިން ފަޚުރުވެރިވާނެ ކާމިޔާބެއް ކަމަށެވެ.

ރާއްޖޭގެ އިގުތިސާދީ ސަރަހައްދު ބަލަހައްޓަން ތުރުކީ ވިލާތުން ވަނީ ރާއްޖެއަށް އަސްކަރީ ދެ ޑްރޯން ގެނެސްފައެެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ތުރުކީ އިން ގެނެސްފައިވަނީ އެ ގައުމުން އުފައްދާފައިވާ "ބައިރަކްތާރު ޓީބީ2" މަރުކާގެ ދެ ޑްރޯންއެވެ.

މި ޑްރޯންތަކާއެކު ރާއްޖޭގައި ފުރަތަމަ ފަހަރަށް ދިވެހި ގައުމީ އެއަރ ފޯސް ރޭ ވަނީ ރައީސް އިފްތިތާހު ކޮށްދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން