އިލެކްޝަންސް ކޮމިޝަންގެ އާ ވެބްސައިޓް އިފްތިތާހު ކޮށްފިއެވެ.

އެ ކޮމިޝަންގެ އާ ވެބްސައިޓްގެ ލިންކް ހިއްސާ ކުރައްވަމުން ރައީސް ފުއާދު ތައުފީގު މިރޭ ވިދާޅުވީ، އަލަށް އިފްތިތާހު ކުރެވުނު ވެބްސައިޓް ވެގެންދާނީ ބޭނުންކުރަން ފަސޭހަ ޔޫޒަރ ފްރެންޑްލީ ވެބްސައިޓަކަށް ކަމަށެވެ.

އަދި އެންމެ ފަހުގެ މައުލޫމާތުތައް ފަހުގެ ވެބްސައިޓްގައި އަދާހަމަ ކުރެވިފައި ވާނެކަމަށް ވެސް ފުއާދުވަނީ ވިދާޅުވެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ވެބްސައިޓަކީ އެކި ޑިވައިސްތަކަށް ސްކްރީން ސައިޒް ސެޓް ނުވާ ރެސްޕޮންސިވް ނޫން ވެބްސައިޓެކެވެ.

އެހެންކަމުން ފޯނުތަކުން އެ ވެބްސައިޓް ބޭނުންކުރަން ވަރަށް ބޮޑަށް ދަތިވެއެވެ. ނަމަވެސް ފަހުން އިފްތިތާހުކުރި ވެބްސައިޓްގައި އެކަންކަން ވަނީ މި ޒަމާނުގެ ފަހުގެ ގޮތަށް ޑިޒައިން ކޮށްފައިކަން ފާހަގަ ކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން