ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލުމަށް ރާއްޖޭން ބޭރުގައި ވޯޓުފޮށި ބަހައްޓާނީ 3 ގައުމެއްގައިކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އެ ކޮމިޝަނުން ބައެއް މީޑިއާތަކަށް ބުނެފައިވަނީ، ރީ ރަޖިސްޓްރީވުމުގެ ސުންގަޑި ހަމަވިއިރު ވޯޓު ފޮށި ބަހައްޓަން ކަނޑައަޅާފައިވާ އަދަދަށް މީހުން ރަޖިސްޓްރީކުރީ 3 ގައުމެއްގައި ކަމަށެވެ.

އެއީ، އިންޑިއާގެ ޓްރިވެންޑްރަމް، ސްރީލަންކާ ކޮލޮމްބޯ އަދި މެލޭޝިއާގެ ކުއަލަލަމްޕޫރު ކަމަށް އީސީން ވަނީ ބުނެފައެވެ.

އީސީން ބުނީ ބައެއް ގައުމުތަކުގައި ވޯޓުލުމަށް މަދުބަޔަކު ރަޖިސްޓަރ ކުރިނަމަވެސް އެ ގައުމުތަކުގައި ވޯޓު ފޮށި ބަހައްޓަން ބޭނުންވާ އަދަދަށް ރީ ރަޖިސްޓްރީ ކޮށްފައި ނުވާކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮންނާނީ އޭޕްރީލް 21 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން