ރާއްޖެ ދެމިއޮތްހާ ދުވަހަކު އެއާފޯސްގެ ހިދުމަތް މެދު ނުކެނޑި ކުރިއަށް ގެންދަން ޖެހޭނޭކަމަށް ޖުމްހޫރީ ޕާޓީގެ ޅީޑަރު އަދި މާމިނގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

އެއްގަމާއި، ކަނޑާއި، ވައިގެމަގުންވެސް ޤައުމު ދިފާޢު ކުރުމުގެ ޒަމާނީ އަސްކަރީ ޤާބިލުކަން ދިވެހިރާއްޖޭގައި ވަރުގަދަކުރުމަށް، މި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އެމް.އެން.ޑީ.އެފް އެއަރ ކޯރ އާއި، އަންމޭންޑް އޭރިއަލް ވެހިކަލް (ޔޫ.އޭ.ވީ) ސިފައިންގެ ޚިދުމަތަށް މިދިޔަ ހުކުރު ދުވަހުގެ ރޭ ވަނީ ތައާރަފްކޮށްފަ އެވެ.

އެކަމާ ގުޅިގެން ގާސިމް އެކްސްގައި ވަނީ ރައީސް މުއިއްޒުއަށް ވަރަށް ބޮޑަށް ތައުރީފްކުރައްވައިފަ އެވެ. އަދި ރައީސް މުއިއްޒުއަށް މަރުހަބާ ވިދާޅުވެ ތަހުނިޔާ ވެސް ފޮނުއްވި އެވެ.

ގާސިމް ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުން އެއީ ދިވެހި ޤައުމުގެ މިނިވަންކަމާއި، އިސްތިޤްލާލް އަދި ދިވެހި ޤައުމުގެ މަސްވެރިކަމަށްޓަކައި، ދިވެހީން މާކުރީންވެސް އަމިއްލައަށް ކުރަން ޖެހިފައި އޮތް ކަމެއް ކަމަށެވެ.

އަދި އެ މުހިންމު ބޮޑު މަސްއޫލިއްޔަތު ޢިއްޒަތްތެރި ރައީސް ގެ ސަރުކާރުގައި ލަސްނުކޮށް ފެއްޓެވި ކަމީ ނުހަނު ތާރީހީ އަދި އެހާމެ ފަޚުރުވެރި ނިންމެވުމެއްކަން ކަށަވަރުވެއްޖެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

"މިއީ ރާއްޖެ ދެމިއޮތްހާ ދުވަހަކު މެދު ނުކެނޑި ކުރިއަށް ގެންދަން ޖެހޭނޭ މުހިންމު ޚިދުމަތެއް ކަމަށް އަޅުގަނޑު ދެކެމެވެ." މުއިއްޒު ވިދާޅުވި އެވެ.

ގާސިމް އިތުރަށް ވިދާޅުވީ އެކުވެރި ގައުމުތަކަށް އަބަދުމެ ކޮންމެ ކަމެއްގައި ބަރޯސާވެ ތިބުމުގެ ބަދަލުގައި، ގައުމެއްގެ ހައިސިއްޔަތުން އަޅުގަނޑުމެންނަށް އަމިއްލައަށް ކުރަންޖެހޭ އެ ބާވަތުގެ ކަންކަން ކުރުމަށް އެހެން ފަރާތްތަކަށް ދޫކޮށްލައިގެން ތިބުމަކީ އެފަދަ އެހީދޭ ފަރާތްތަކަށްވެސް ތަކުލީފަކަށް ވާނޭ ކަންކަން ކަމަށެވެ.

"އެހެން ކަމުން، ޤައުމުގެ ފުދުންތެރިކަން އިތުރުވަމުންދާ މިންވަރަކުން ގައުމުގެ ދިފާޢަށްޓަކައި ފަސްނުޖެހި، ހަލުވި ފިޔަވަޅުތައް އަޅާ، ގައުމާއި ގެން ކުރިއަށް ދިއުމަށް މަނިކުފާނު ތިޔަ ދެއްކެވި މަތިވެރި ލާމަސީލު މިސާލަށް އަޅުގަނޑުގެ އަމިއްލަ ނަމުގައާއި، އަޅުގަނޑުގެ ޕާޓީގެ ނަމުގައި އައްސަރިބަހާ ސާބަސް އަރިސް ކުރަމެވެ." ގާސިމް ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން