ރޯދަ މަސް ފެށުނު ފަހުން ހުމާއި ބޭރަށް ހިންގުމާއި ޗިކަން ޕޮކްސް އިތުރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ޓީވީ ޕްރޮގްރާމެއްގައި ރޭ ވާހަކަ ދައްކަވަމުން އެޗްޕީއޭގެ ޕަބްލިކް ހެލްތު ކޯޑިނޭޓަރު ފާތުމަތު އަނާ ވިދާޅުވީ ގައިން ގަޔަށް އަރާ ބަލިތައް އެޗްޕީއޭއިން ކޮންމެ ހަފްތާއަކުހެން ވަރަށް ގާތުން މޮނީޓާ ކުރާމުންދާ ކަމަށެވެ.

އެގޮތުން ބެލިއިރު ގައިން ގަޔަށް ފެތުރޭ ބައެއް ބަލިތައް އިތުރުވެފައިވާކަން އަނާ ފާހަގަ ކުރެއްވި އެވެ.

"ވޭތުވެދިޔަ ހަފްތާގައި ފާހަގަވެގެން ދިޔައީ ރޯގާއާއި ވައިރަލް ހުމާއި ބޭރަށް ހިންގުން އަދި ޗިކަން ޕޮކްސް (ފާނާބަސަންދު) މިދިޔަ ހަފްތާއަށް ވުރެ އިތުރުވެފައިވާކަން." އަނާ ވިދާޅުވި އެވެ.

މި ދުވަސްވަރަކީ ރޯދަ މަހަށް ވެފައި ގިނަ ބަޔަކު އެއް ގެއިން އަނެއް ގެއަށް ރޯދަވީއްލުމަށް ގޮސް އުޅޭކަމަށާއި އެގޮތަށް އެއްވެ އުޅުމުން ވެސް ބަލިތައް ފެތުރުން އިތުރުވުމުގެ ފުރުސަަތު އޮންނާނެކަން އަނާ ފާހަގަ ކުރެއްވި އެވެ.

އެހެންކަމުން ރޯގާ ޖެހި އޭގެ އަލާމަތްތައް ފެންނަ ނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުގޮސް މަޑަކޮށްލުމަށް އަނާ އިލްތިމާސް ކުރެއްވި އެވެ.

ހަމަ އެހެންމެ ގިނަގިނައިން އަތް ދޮވުމާއި މާސްކު އަޅައިގެން އުޅުމަށް ވެސް އަނާ އިލްތިމާސް ކުރެއްވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން