ކުރީގެ އިންފޮމޭޝަން ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް
ކުރީގެ އިންފޮމޭޝަން ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް
ކުރީގެ އިންފޮމޭޝަން ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލުގެ ބޮޑެތި ފާޑުކިޔުންތަކެއް އިސްލާމިކް މިނިސްޓްރީއަށް އަމާޒުކޮށްފިއެވެ.

މި ފަހުން އެކްސްގައި މަލީހުއާއި އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމު އަލީ ސައީދުގެ ބަހުގެ ހަމަލާތަކެއް ފެށިފައިވާއިރު ރޭ ދަންވަރު މަލީހު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހައްޖު އުމްރާ ކޯޓާ ދެނީ އިންސާފު ވެރިކޮށްތޯއާއި ޒަކާތު ފަންޑު ބޭނުންކުރަނީ ދެފުށް ފެންނަ ގޮތަށް ތޯ ސުވާލު އުފެދޭ ކަމަށް ވިދާޅުވެފަވެ.

އަދި މިސްކިތްތައް ޢިމާރާތްކުރުމުގެ ކަންކަން ދަނީ ރަނގަޅަށްތޯއާއި ވިޔަފާރި ޕާޓުނަރުން މިނިސްޓްރީގެ ސިޔާސީ މަޤާމުތަކުގައި ނެތްތޯއޭ ވިދާޅުވެ މަލީހު ވަނީ ސުވާލު އުފައްދާފައެވެ.



"އެއޮފީހުގެ ސާވަރތައް ބޭނުންކޮށްގެން ފުރައްސާރަ ކުރުމުގެ ކަންކަން ނުހިގާ ތޯ؟ ބޭރުގެ އެކި ޤައުމުތަކުން ހިލޭ އެހީ ހޯދާ އެތާނގެ ސިޔާސީ ބޭފުޅުން އަމިއްލަ ކަންކަމުގައި ބޭނުން ނުކުރޭ ތޯ؟" މަލީހް އެކްސްގައި ލިޔުއްވާފައިވެއެވެ.

މަލީހު ތުހުމަތު ކުރެއްވި ގޮތުގައި އިސްލާމިކް މިނިސްޓްރީ އަކީ އެފަދަ "ވިޔާނުދާ" ކަންކަމަށް ދޮރުހުޅިވިފައި ހުރި މިނިސްޓްރީއެކެވެ. އެހެންކަމުން އިސްލާމީ މަރުކަޒުގެ ހަރިއްމަތެރޭގައި އިސްލާމިކް މިނިސްޓްރީ ހިންގަން ނުވާނެ ކަމަށް މަލީހު ވިދާޅުވިއެވެ.

އަދި އިސްލާމިކް މިނިސްޓްރީ ވެލާނާ ގެއަށް ބަދަލު ކުރަންޖެހޭ ކަމަށް މަލީހު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން