މާލޭގެ މަގުމަތިން ހޮވި 10،000 ރުފިޔާގެ ވެރި ފަރާތް ހޯދަން އިއުލާންކޮށްފި އެވެ.

ފުލުހުން ބުނީ މިިދިޔަ ބުރާސްފަތި ދުވަހު، ދޮންއަނދަރާދަ ހިނގުން ގ. ރެސްރޯން ކުރިމަތިން 10،000 ރުފިޔާ ހޮވައިގެން އެ ފައިސާގެ ވެރިއަކު ހޯދަން ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ ފައިސާގެ އިތުރުން މާރިޗު 16 ވަނަ ދުވަހު މ. ހިޖާޒު ކައިރިން 700 ރުފިޔާ ވެސް ހޮވައިގެން ގެނެސްފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

އެހެންވެ އެ ފައިސާތަކުގެ ވެރިން 9631696 ނަންބަރު ފޯނަށް ގުޅުއްވައި އެކަން ހިއްސާ ކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ގަލޮޅު ޕޮލިސް ސްޓޭޝަނަށް ހާޒިރުވުމުން ފައިސާއާ ހަވާލުވެވޭނެ ކަމަށް ވެސް ބުނެފައި ވެއެވެ.

މީގެ ކުރިން ވެސް މަގުމަތިން ހޮވައިގެން ފުލުހުންނާ ހަވާލުކުރާ ފައިސާގެ ވެރިފަރާތް ހޯދަން އިއުލާންކޮށްފައި ވެއެވެ.

ނަމަވެސް މަގު މަތިން އެހާ ގިނަ ފައިސާ ހޮވައިގެން ވެރިއަކު ހޯދުމަކީ ވަރަށް މަދުން ނޫނީ ނުފެންނަ ކަމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން