މިދިޔަ ހުކުރު ދުވަހު ހުޅުމާލޭގައި ހުންނަ މަސްޖިދުލް އަމާނީގައި ހުކުރު ކުރި ދަރިވަަށް "އޯޓިސްޓިކް ޚަތީބު"ގެ ނަމުން މުހާތަބުކުރުމުން ފާޑުކިއުން އަމާޒުވެއްޖެ އެވެ.

މަސްޖިދުލް އަމާނީގައި ހުކުރި ކުރީ އޯޓިޒަމް ހުންނަ ތާޖުއްދީންގެ ގްރޭޑް 10ގައި ކިޔަވަމުންދާ ހުސެއިން ޒައިން އަލީ އެވެ.

ޒައިން އިމާމުވެ ހުކުރު ކުރުމުގެ ކުރިން ވެސް ބައެއް ނޫސްތަކުން އެ ވާޙަކަ ގެނެސްދިން އިރު ސުރުހީގައި "އޯޓިސްޓިކް ޚަތީބު"އޭ ބުނެފައި ވެއެވެ.

ނަމަވެސް ބައެއް ނޫސްތަކުން ފަހުން އެ ސުުރުހީ ބަދަލުކޮށްފައި ވެއެވެ.

އެކަމާ ގުޅިގެން ޖެންޑާގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޝިހާބު ވަނީ ފާޑު ވިދާޅުވެފަ އެވެ.

"އަތްބަޅު ސީދި، ކޮރު ހުސޭނު، މޮޔަ ހަސީނާ، އޮޓިސްޓިކް އިމާމު. މިއީ ތަހުޒީބު މުޖުތަމައެއްގައި ބަލައިގަންނަން ރަނގަޅު ބަސްމަގެއްނޫން. އަދި މިވެނި މިސްކިތެއްގަ މިއަންނަ ހުކުރުދުވަހު ކަނުމީހަކު ޚުޠުބާ ކިޔާނެއޭ، ނުވަތަ އަނެއް މިސްކިތެއްގަ ފުރޮޅުލީ ގޮނޑިއެއްގަ އިންނަމީހަކު ޚުޠުބާ…" ޝިހާބް ވިދާޅުވި އެވެ.

ޒައިންއަކީ މިފަހުގެ ތާރީޚެއްގައި އޯޓިޒަމް ބަލި ހުންނަ ކުއްޖަކު ޚުތުބާ ކިޔައި ހުކުރު ކުރާ މަންޒަރު އާންމުކޮށް ފެނިގެންދާ ފުރަތަމަ ފަހަރެވެ.

ޒައިންއަކީ ޒުވާން އިމާމުންނާއި ޚަތީބުން ތާޒާކުރުމަށް ހިންގާ ޕްރޮގްރާމްގެ ތެރެއިން ދާދި ފަހުން ބޭއްވި ބުރުގައި ތަމްރީނުވި 57 ޒުވާނުންގެ ތެރެއިން ކުއްޖެއް ވެސް މެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން