ޤައުމީ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް "ފަވަރަ"އިން ޓްރާންސްފާ ކުރެވޭ ފައިސާގެ އަދަދު ދެ ލައްކަ ރުފިޔާއަށް ބޮޑުކޮށްފިއެވެ.

އެމްއެމްއޭއިން ބުނީ، އާ ބަދަލާއެކު 10 ހާސް ރުފިޔާއާ ހަމައަށް 'ފަވަރަ ރިކުއެސްޓް' ކުރެވޭނެ ކަމަށާއި އަދި ދެ ލައްކަ ރުފިޔާއާ ހަމައަށް އެއް ބޭންކުން އަނެއް ބޭންކަށް ރުފިޔާ ފޮނުވޭނެ ކަމަށެވެ.

'ފަވަރު' އިފްތިތާހު ކޮށްފައި ވަނީ މިިދިޔަ އަހަރުގެ އޯގަސްޓު މަހުގެ ފަހުކޮޅު ކްރޮސްރޯޑްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.



ފަވަރަ އަކީ ރައްކާތެރި އަދި އަވަސް މާލީ މުއާމަލާތްތަކެއް ހިންގުމަށް ތަރައްޤީކޮށްފައިވާ އިންސްޓަންޓް ޕޭމަންޓް ސިސްޓަމެކެވެ.

ޤައުމީ ޕޭމަންޓް ސިސްޓަމެއް ޤާއިމު ކުރުމުގެ މައިގަނޑު މަޤުސަދަކީ ރާއްޖޭގެ ކޮންމެ ރަށެއްގައި ދިރިއުޅޭ ނުވަތަ ކޮންމެ ބޭންކެއްގައި އެކައުންޓް ހުޅުވާފައިވާ ކޮންމެ ރައްޔިތަކަށްވެސް މި ސިސްޓަމް މެދުވެރިކޮށް ވަގުތުން ފައިސާ ފޮނުވައި، ލިބިގަތުމުގެ މަގު ފަހިކޮށްދިނުންކަމަށް އެމްއެމްއޭއިން ބުނެއެވެ.

މި ސިސްޓަމަކީ މާލީ ނިޒާމާއި ބީރައްޓެހި ފަރާތްތަކަށާއި، ބޭންކް އެކައުންޓެއް ނެތް ފަރާތްތަކާއި، އަދި ރާއްޖޭގެ ކޮންމެ ބޭންކެއްގައި އެކައުންޓް ހުޅުވާފައިވީނަމަވެސް، މި ސިސްޓަމް މެދުވެރިކޮށް ހިނގާ ކޮންމެ މުއާމަލާތެއްގެ ފަސޭހަތައް އެއްހަމައެއްގައި ލިބިދިނުމަށް މަގު ފަހިވާގޮތަށް ފަރުމާކޮށްފައިިވާ ސިސްޓަމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން