މާލޭ ސިޓީގެ މޭޔަރ އާދަމް އާޒިމް
މާލޭ ސިޓީގެ މޭޔަރ އާދަމް އާޒިމް
ކުރީ ސަރުކާރުން ހިންގި ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމްގެ ދަށުން ފުލެޓާއި ގޯތި ދޫކުރުމާއި ގުޅޭ މައްސަލަތައް ބެލުމަށް ހައުސިންގ ކޮމެޓީގެ ނަމުގައި ހައުސިންގް މިނިސްޓްރީން އެކުލަވާލި ކޮމިޓީ ގަބޫލު ނުކޮށް، މާލެ ސިޓީ ކައުންސިލުން އާ ކޮމިޓީއެއް އެކުލަވާލައިފިއެވެ.

މާލޭ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، މިއަދުގެ ވަގުތެއްގައި އެ ކޮމިޓީގައި ހިމެނޭ ނަންތައް ހައުސިންގް މިނިސްޓްރީއަށް ފޮނުވާނެ ކަމަށެވެ. ކޮމިޓީގައި ހިމެނެނީ:-

- އަހުމަދު ނަރީޝް

- އަހުމަދު ޒަމީރު

- މުހައްމަދު އަރީޝް

- މަރިޔަމް ނާޒިމާ މުހައްމަދު ފާއިޒް

- އާއިޝަތިު ނިޒްލީ ރަޝީދުއެވެ.

މާލެއިން ގޯއްޗާއި ފްލެޓް ދޫކުރާނަމަ، އެފަދަ ލިސްޓެއް އެކުލަވާލުމުގައި މާލެ ސިޓީގެ ބައިވެރިވުން އޮންނަން ވާނެ ކަމަށް ސިޓީ ކައުންސިލުން ވަނީ ދާދި ފަހުން ފާސްކޮށްފައެވެ.

ކުރީ ސަރުކާރުން ހިންގި ބިންވެރިކަމުގެ މަޝްރޫއުތަކުގެ ތެރޭގައި ނުހައްގުން ބައެއް ފަރާތްތަކަށް ބިމާއި ފުލެޓް ދޫކޮށްފައިވާކަމުގެ ޝަކުވާއާއިއެކު މި ސަރުކާރުންވަނީ އެ ސްކީމްތަކުގެ ތެރެއިން ނުހައްގުން ފުލެޓް ދީފައިވާ މީހުން ބަލައި ލިސްޓްތަކަށް ބަދަލު އަންނާނެކަމަށް ބުނެ، އެކަން ބެލުމަށްޓަކައި ކޮމިޓީއެއް އެކުލަވާލާފައެވެ.

ހައުސިންގ މިނިސްޓްރީން މީގެ ކުރިން ބުނެފައި ވަނީ، އެ ކޮމިޓީއަކީ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމްއާ ގުޅިގެން ހުށަހަޅާ މައްސަލަތަކާއި އަދި ކުރަންޖެހޭ މަސައްކަތްތަކާއި ގުޅޭ ގޮތުން ނިންމަންޖެހޭ ނިންމުންތައް ނިންމުމަށް ބޭނުންވާ ލަފާ ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅުގެ މަތިން އެކުލަވާލި ކޮމިޓީއެއްކަމަށެވެ.

މި ކޮމެޓީ މިދިޔަ މަހުގެ 16 ވަނަ ދުވަހު އުފައްދާފައިވާއިރު އެ ކޮމެޓީގެ މެންބަރުންގެ ގޮތުގައި ހިމެނެނީ، ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އަނީސާ އަހްމަދު، އާމިނަތު އީނާސް، އަހްމަދު އަލީ މަނިކު، އަބްދުލް އަޒީޒް ޔޫސުފް އަދި މަރިޔަމް ފިޒާނާ ރަޝީދެވެ.

ކޮމެޓީގެ ފުރަތަމަ ބައްދަލުވުން މިހާރު ވަނީ ބާއްވާފައެވެ. މި ބައްދަލުވުމުގައި ކޮމެޓީގެ ޗެއާއެއްގެ ގޮތުގައި އައްޔަންކުރައްވާފައި ވަނީ ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އަނީސާ އަހްމަދުއެވެ. އަދި ކޮމިޓީގެ ވައިސް ޗެއާއެއްގެ ގޮތުގައި އައްޔަން ކޮށްފައި ވަނީ އަބްދުލް އަޒީޒް ޔޫސުފްކަމަށް މައުލޫމާތު ލިބެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން