ފާތިމަތު ނަޒީފާ އަޙްމަދު   17 މާރިޗު 2024 - 16:59
500،000 ރުފިޔާގެ ސްކޭމެއްގެ މައްސަލައިގައި، ސްކޭމްކުރަން ގުޅީ ކ. މާފުށީ ޖަލުގައި ހުރި މީހަކު ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ ފަރާތުން މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ފުލުހުންގެ ހެޑް އޮފް ފައިނޭންޝަލް ކްރައިމް ޔުނިޓްގެ އިންސްޕެކްޓަރ އޮފް ޕޮލިސް ޔޫސުފް ލޫތު ވިދާޅުވީ، ޖަމިއްޔާއެއްގެ އެކައުންޓުން، އޮޅުވާލައިގެން ފަސް ލައްކަ ރުފިޔާ ހޯދީ މާފުށީ ޖަލުން ގުޅި މީހެއްކަން ތަހުގީގުން އެނގިފައިވާ ކަމަށެވެ.

އެ ފަސް ލައްކަ ރުފިޔާ 40 މީހެއްގެ އެކައުންޓުގައި ދައުރު ކޮށްފައިވާ ކަމަށް ލޫތު ވިދާޅުވިއެވެ. އަދި ސްކޭމަރ ހުރި މާފުށީ ޖަލު ބަލާ ފާސްކުރި އިރު، އެތަނުން ގިނަ އަދަދެއްގެ ތަކެތި ފެނިފައިވާ ކަމަށްވެސް ލޫތު ވިދާޅުވިއެވެ.

"22 އަށް ވުރެ ގިނަ ސްމާޓްފޯނާ، ސިމްކާޑުތަކާ، ސްޓޯރޭޖްޑިވައިސްތަކާ، ބެޓްރިއާ، ޕަވަބޭންކްތަކާ، ހެޑްސެޓް ފަދަ އާލާތްތައްވެސް ފެނުނު." ލޫތު ވިދާޅުވިއެވެ.

މީގެ ކުރިން ފުލުހުން ބުނެފައި ވަނީ، އެ މައްސަލައިގައި ތުހުމަތު ކުރެވޭ 23 އަހަރުގެ ޒުވާނާ ހައްޔަރު ކޮށްފައި ވާ ކަމަށާއި ކޯޓުން އަމުރު ކޮށްފައި ވަނީ 15 ދުވަހަށް އޭނާ ބަންދު ކުރުމަށް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން