މީހެއްގެ އެކައުންޓުން 1.8 މިލިއަން ރުފިޔާ ނެގި ބައެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

މީހެއްގެ ފޯނު ކޮމްޕްރޮމައިޒް ކުރުމަށްފަހު މަކަރާ ހީލަތުން އޭނާގެ އެކައުންޓުގައި ހުރި ފައިސާތަކެއް ފޭރިގަތް މައްސަލައެއް ފެންމަތިވީ މި މަހުގެ 13 ވަނަ ދުވަހުއެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން މީގެ ކުރިން ބުނެފައި ވަނީ، އެ އެކައުންޓުން ނަގާފައިވާ 1.67 މިލިއަން ރުފިޔާ، 48 ގަޑިއިރު ތެރޭގައި ރިކަވަރ ކޮށްފައިވާ ކަމަށެވެ.

ފުލުހުންގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ފުލުހުންގެ ހެޑް އޮފް ފައިނޭންޝަލް ކްރައިމް ޔުނިޓްގެ އިންސްޕެކްޓަރ އޮފް ޕޮލިސް ޔޫސުފް ލޫތު ވިދާޅުވީ، އެ މައްސަލައިގައި ހިމެނޭ ތިން މީހުންގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައިވާ ކަމަށެވެ. އަދި އޭގެ ތެރޭގައި ކުޑަކުއްޖެއް ހިމެނޭ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

“ރިކަވާ ކުރެވުނު ފައިސާގެ ތެރޭގައި ތުހުމަތުކުރެވޭ މީހުންގެ އެކައުންޓްގައި ހުރި ފައިސާ އާއި ކޭޝްކޮށް ނަގާފައި ހުރި ފައިސާ އާއި އެ ފައިސާ ބޭނުންކޮށްގެ ގަނެފައިވާ ތަކެތި ވެސް ހިމެނޭ.” ފުލުހުން ބުނެފައިވެއެވެ.

އިސްލާމިކް ބޭންކްގެ އެކައުންޓަކުން ފޭރުނު މި ފައިސާ ތިން މީހެއްގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން