ޒަހީނުއްދީން ސަޢީދު   17 މާރިޗު 2024 - 21:11
ވެލާނާ އެއަރޕޯޓުގެ މަގުތަށް މަރާމާތުކޮށް ބެލެހެއްޓުމާއި ގުޅޭގޮތުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްއާއި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އާރްޑީސީއާއި ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މިއަދު މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި ފަހުމުނާމާގައި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ، އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ އިބްރާހީމް ޝަރީފް މުހައްމަދު އެވެ. އާރްޑީސީގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރައްވާފައިވަނީ އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް ރިޓަޔާޑް އަލީ ޒުހެއިރު އެވެ.

އެމްއޭސީއެލުން ބުނީ މި އެއްބަސްވުމުގެ ދަށުން އާރްޑީސީން ވެލާނާ އެއާޕޯޓުގެ އެތެރޭގެ މަގުތައް މަރާމާތުކޮށް ބަލަހައްޓާނެ ކަމަށެވެ. މީގެ އިތުރުން ވެލާނާ އެއާޕޯޓުގެ ލޭންޑް ސައިޑް މަގުތައް ހަދައި މަރާމާތުކޮށް ބެލެހެއްޓުމަށް އެއްބަސްވެފައިވާއިރު އެއާޕޯޓުގެ ތަރައްޤީއާއި ގުޅުން ހުރިކަންކަމުގައި އާރްޑީސީން އެމްއޭސީއެލްއަށް އެހީތެރިވެދޭނެ ކަމަށް އެކުންފުނިން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން