ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ވެސް ކުޑަކުދިންގެ ޕާކުތައް ތަރައްގީ ކުރުމަކީ މި ސަރުކާރުން އިސްކަމެއްދޭ ކަމެއްކަމަށާއި އެގޮތުން 2025 ގެ ނިޔަލަށް ހުރިހާ ރަށެއްގައި ކުޑަކުދިންގެ ޕާކުތައް ތަރައްގީ ކުރުމަކީ މި ސަރުކާރުގެ އަމާޒެއްކަމަށް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ޕީއެސްއައިޕީގެ ދަށުން ކުޑަކުދިންގެ ޕާކުތައް ހެދުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވުޒާރާގެ ދަށަށް ބަދަލުކުރައްވާފައިވާކަން އިއުލާން ކުރައްވަމުން އެކްސްގައި މިއަދު އާދަމް ޝަރީފް ވިދާޅުވީ، މުޅި މަޝްރޫއުގެ ސްޓޭޓަސް ދެނެގަނެ މަޝްރޫއު ކުރިއަށް ގެންދާނެ އިދާރީ އިންތިޒާމުތައް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.



އަދި އެ މިނިސްޓްރީގެ ފަރާތުން އެ މަސައްކަތްކޮށް 2025 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކުޑަކުދިންގެ ޕާކު ހެދުމަކީ އަމާޒެއްކަމަށް ވިދާޅުވިއެވެ.

ކުޑަކުދިންގެ ޕާކުތައް މިހާރު ހަދަމުންދަނީ ރަށްރަށުގެ ކައުންސިލްތަކާއި ޔޫތު މިނިސްޓްރީ ގުޅިގެނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން