ކުރީ ސަރުކާރުން ފެށި "ބިންވެރިޔާ" އަދި "ގެދޮރުވެރިޔާ" ސްކީމާ ގުޅިގެން ހުށަހަޅާ މައްސަލަތަކާއި ކުރަން ޖެހޭ މަސައްކަތްތަކާ ގުޅޭ ގޮތުން ލަފާދިނުމަށް މި ސަރުކާރުން ކޮމިޓީއެއް އެކުލަވާލީ ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ނުފޫޒު ފޯރުވުމަށްކަމަށް އެމްޑީޕީން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ އެމްޑީޕީގެ ކެމްޕޭން ޓީމުގެ ތަރުޖަމާނު ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސަ މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، ހައުސިންގ މިނިސްޓްރީން އެކުލަވާލި އެ ކޮމެޓީއާއި ގުޅޭގޮތުން ބޮޑެތި ކަންބޮޑުވުންތަކެއް އެމްޑީޕީގެ ހުރިކަމަށެވެ.

އޭނާ ވިދާޅުވީ، އެ ކޮމެޓީ އެކުލަވާލާފައިވަނީ މާލޭ ސިޓީގެ މޭޔަރާއި އެއްވެސް މަޝްވަރާއެއް ކުރުމެއްނެތިކަމަށެވެ. އެހެންކަމުން މިއީ ވަރަށްބޮޑު އޮޅުވާލުމެއް ކަމަށާއި ސިޔާސީ ރޭވުމެއްގެ ދަށުން ކުރާކަމެއްކަމުގައި އީސަ ސިފަކުރެއްވިއެވެ.

އޭނާ ވިދާޅުވީ ސަރުކާރުން ކޮމެޓީއެއް ހަދައިގެން އުޅެނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ނުފޫޒު ފޯރުވުމަށް ސަރުކާރުން ބޭނުންވާ ފަރާތްތަކަށް ފުލެޓާއި ބިންތައް ބަހާލުމަށްޓަކައި ކަމަށެވެ.

އޭނާ ވިދާޅުވީ، ސަރުކާރުން ކޮމެޓީއެއް ހަދައިގެން އަޑި ނޭނގޭ މަސައްކަތްތަކެއް ކުރިނަމަވެސް، އެކަން ހުއްޓުވާ، ބިން ހައްގުވާ ފަރާތްތަކަށް ބިންތައް ލިބި ދިނުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކުރަންޖެހޭ ހުރިހާ މަސައްކަތެއް އެމްޑީޕީގެ ފަރާތުން ކުރާނެކަމަށެވެ. އަދި ސަރުކާރުން އުފެއްދި ކޮމެޓީގެ މަސައްކަތް ހުއްޓުވަން ގާނޫނަކަށް އިސްލާހު ގެނެސްގެން ނަމަވެސް އެކަން ކުރާނެކަމަށް އީސަ ވިދާޅުވިއެވެ.

އެމްޑީޕީން މިހެން ބުނެފައިވާއިރު، ކުރީ ސަރުކާރުގެ ބިންވެރިކުރުމުގެ ޕްރޮގްރާމްތަކާއި ގުޅޭގޮތުން ހުށަހެޅޭ މައްސަލަތަކާއި ގުޅޭގޮތުން މަސައްކަތް ކުރުމަށް ކޮމެޓީއެއް އެކުލަވާލީ މި މަހުގެ 14 ވަނަ ދުވަހުއެވެ. ހަމަ އެއާއިއެކު މާލެ ސިޓީ ކައުންސިލުން ވެސް ވަނީ ހައުސިން މިނިސްޓްރީން އެކުލަވާލި ލަފާދޭ ކޮމިޓީއަށް ލަފާދިނުމަށް އިތުރު ކޮމިޓީއެއް އެކުލަވާލާފައެވެ.

މާލޭ ސިޓީ ކައުންސިލުގެ ދައުރެއް ނެތި މިސަރުކާރުން ހައުސިންގ ކޮމިޓީ އެކުލަވާލައިގެން އެމްޑީޕީން މިއަދު ކަންބޮޑުވުން ފާޅުކުރިއިރު އެމްޑީޕީ ސަރުކާރުގައި ވެސް އެކޮމިޓީ އެކުލަވާލައިގެން ފްޅެޓާއި ގޯތި ދިނުމުގެ މަސައްކަތް ކުރީ މާލޭ ސިޓީ ކައުންސިލުގެ އެއްވެސް ދައުރެއް ނެތިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން