އިދިކޮޅު ފަރާތްތަކުން އީދު ބަންދުގެ ކުރިން ބޭއްވި މުޒާހަރާތަކުގެ ތެރެއިން ނަގާފައިވާ މަންޒަރެއް (ފޮޓޯ: މީސްމީޑިއާ)
އިދިކޮޅު ފަރާތްތަކުން އީދު ބަންދުގެ ކުރިން ބޭއްވި މުޒާހަރާތަކުގެ ތެރެއިން ނަގާފައިވާ މަންޒަރެއް (ފޮޓޯ: މީސްމީޑިއާ)
ސިޔާސީ ހަރަކާތް ހިންގުމުގައި ޤާނޫނުތަކާއި ޚިލާފު ވާނަމަ ސިޔާސީ ޕާޓީތަކާއި މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުދީ ކުރީގެ ހާލަތަށް ރުޖޫޢަވާން އިލެކްޝަން ކޮމިޝަނުން ނިންމައިފިއެވެ.

އިލެކްޝަން ކޮމިޝަނުން މިހެން ބުނީ އިކޮނޮމިކް މިިސްޓްރީގެ ސީނިއާ އެގްޒެކިއުޓިވް ޑިރެކްޓަރ، އަހުމަދު އަންވަރު (ސިމްވާރު) ކުރި ޓްވީޓަކަށް ޖަވާބު ދެމުންނެވެ.

ސިމްވާރްގެ ޓްވީޓުގައި ވިދާޅުވީ ކުރިން އިލެކްޝަންސް ކޮމިޝަނުން ދެއިރު ކާ ބޭހެއްހެން އެމްޑީޕީ ޖުރިމަނާ ކުރަމުން ގެންދިޔަ ކަމަށާއި މިއަދު އެޗްޕީއޭގެ އެންގުންތަކަށް ގޮންޖަހާލާފައި، މިފަދަ ވަގުތެއްގައި މަގުމައްޗަށް ނުކުމެ ހަލަބޮލިކޮށް ފުލުހުން ގަޔަށް ހައްޕުނޑު ޖަހަމުން ފުލުހުންނާއި ކުރިމަތިލާ ދުވާއިރުވެސް އިލެކްޝަންސް ކޮމިޝަން އޮތީ ހަނުކަމަށެވެ. ޢެކަމަށް ރައްދު ދެމުން އިލެކްޝަން ކޮމިޝަނުން ކުރި ޓުވީޓްގައި ބުނެފައިވަނީ ސިޔާސީ ހަރަކާތް ހިންގުމުގައި ޤާނޫނުތަކާއި ޚިލާފު ވާނަމަ ސިޔާސީ ޕާޓީތަކާއި މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.

" އޭރުވެސް މިހާރުވެސް ސިޔާސީ ހަރަކާތް ހިންގުމުގައި ގާނޫނުތަކާއި ގަވާއިދާއި ޚިލާފުވާ ޕާޓީތަކަށް ފިޔަވަޅު އަޅާނަން." އިލެކްޝަން ކޮމިޝަނުން ކުރި ޓުވީޓްގައިވެ އެވެ.

އިލެކްޝަން ކޮމިޝަނުން މީގެ ކުރިން ބުނެފައިވަނީ އެއްވުންތައް ބާއްވަންޖެހޭނީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާއި އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން އެޗްޕީއޭ އިން އަންގަވާފައިވާ އެންގުންތަކާއި އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

އެއްވެސް އިރެއްގައި ސިޔާސީ ޕާޓީތަކަށް ފިޔަވަޅު އަޅަނީ ވަކި ޕާޓީއެއް ބެލުމަށް ފަހުގައި ނޫންކަމަށް އިލެކްޝަން ކޮމިޝަނުން ބުނެ އެވެ. އިލެކްޝަން ކޮމިޝަނުން މިހެން ބުނެފައިވަނީ އިދިކޮޅު ޕީޕިއެމް، ޕީއެންސީން ބާއްވަމުން އަންނަ ސިލްސިލާ މުޒާހަރާތަށް އީދު ބަންދު ނިމުމުން ފަށާނެ ކަން އިއުލާންކޮށްފައިވަނިކޮށެވެ.

ހަލުވި ކަމާއެކު ކޮވިޑްރޯގާ މާލޭގައި ފެތުރެމުންދާތީ އެޗްޕީއޭއިން ވަނީ މި ދުވަސްވަރު އެއްވުންތައް ނުބޭއްވުމަށް އިލްތިމާސް ކޮށްފައެވެ. އިދިކޮޅުން ބާއްވާ އެއްވުންތަކުގައި ބައިވެރިން މާސްކް ނޭޅުމާއި ގައިދުރުކަން ނުބަހައްޓައި އެޗްޕީއޭ އިން ކަނޑައަޅާފައިވާ ގައިޑްލައިން އާއި ޚިލާފުވަމުންދާ ކަން ކަމާބެހޭ ފަރާތްތަކުން ފާހަގަކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން