މަތީ ތަޢުލީމާއި ތަމްރީން ދިނުމަށް ވިލާ ކޮލެޖާއި މާލެ އަތޮޅު މާފުށީ ކައުންސިލް އިދާރާއާއި ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މިއީ މާފުށީ ކައުންސިލުން މާފުށީގެ ތައުލީމީ ހާލަތު ރަނގަޅުކޮށް ތައުލީމީ ޖީލެއް ބިނާ ކުރުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި، ވިލާ ކޮލެޖާއި މާފުށީ ކައުންސިލާ އެކުގައި މަސައްކަތްކުރުމުގެ ގޮތުން، މާފުށި ކައުންސިލާއި ވިލާ ކޮލެޖާއި ދެމެދު އެއްބަސްވާ ގޮތްތައް ކަނޑައަޅައި ސޮއިކުރެވުނު ފަހުމުނާމާއެއްކަމަށް ވިލާ ކޮލެޖުން ހާމަކޮށްފައިވެއެވެ.

14 މާރޗް 2024 ވަނަ ދުވަހު މާފުށީގައި ބޭއްވުނު ރަސްމިއަޔާތެއްގައި، މި ފަހުމުނާމާގައި ވިލާކޮލެޖުގެ ފަރާތުން ސޮއިކުރެއްވީ ވައިސްރެކްޓަރ ޑޮކްޓަރ ޢަލީ ނަޖީބެވެ. އަދި މާފުށީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ރައީސް ޙަސަން ޞަލާހެވެ.

މި ފަހުމު ނާމާގެ ދަށުން ވިލާ ކޮލެޖުގައި ކިޔެވުމަށް މާފުށީގެ ދަރިވަރުންނަށް ފުރުސަތު ފަހި ކޮށްދިނުމާއި، މާފުށީ ކައުންސިލް އިން ކަނޑައަޅާ އަދަދަކަށް، އެކައުންސިލުން ކަނޑައަޅާ އުސޫލެއްގެ ދަށުން ކޮންމެ އަހަރަކު ސްކޮލަޝިޕް ހަމަޖައްސައި ދިނުން ހިމެނެއެވެ. އަދި މާފުށީގައި ވިލާ ކޮލެޖުގެ ކޯސްތައް ފެށުމަށްޓަކައި ބޭނުންވާ ކަންކަމުގައި ކައުންސިލާއި ގުޅިގެން މަސައްކަތް ކުރުމާއި، ކައުންސިލާއި ގުޅިގެން ވިލާ ކޮލެޖުގެ ޕްރޮގްރާމްތައް މާފުށީގައި ޕްރޮމޯޓް ކުރުން ވެސް ހިމެނެއެވެ.

ހަމަމިއާއިއެކު މާފުށީ ކައުންސިލްގެ ސްކޮލަޝިޕް ސްކީމް ތައާރަފްކޮށް ހިންގުމަށް ބޭނުންވާ ފަންނީ އެހީތެރިކަމާ ލަފާ ވިލާކޮލެޖުން ދިނުމާއި، މާފުށީ ކައުންސިލުން ބޭނުންވާ ދާއިރާތަކުން މުވައްޒަފުންގެ ފަންނީ ގާބިލުކަން އިތުރުކުރުމަށް ވިލާކޮލެޖުން އެހީތެރިވެދިނުން ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން