ނުކުޅެދުންތެރިކަން ހުންނަ އަންހެނުންނަށް ރައްކާތެރިކަމާއި އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިިފި އެވެ.

ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ހުށަހެޅުއްވި އެގަރާރުގެ ފުރަތަމަ ކިއުން މިއަދު ވަނީ އިއްވައިފަ އެވެ.

މިއީ ނުކުޅެދުންތެރިކަން ހުރެގެން އާއްމު ހާލަތަށް ވުރެ ނިކަމެތިކަން ލިބިފައިވާ އަންހެނުންނާމެދު ދިވެހި މުޖުތަމައުގައި ކުރެވޭ ތަފާތުކުރުންތައް ނައްތާލައި އެ ފަރާތްތަކަކީ މުޖުތަމައު ބަލައިގަންނަ ބައެއް ކަމުގައި ހަދައި އަދި އުފާވެރި އާއިލާއެއް ބިނާކޮށް ރީތި ސާދާ ދިރިއުޅުމެއް އުޅެވޭނެ މަގު ފަހިކޮށްދީ އަދި ދޭން ޖެހޭ ރައްކާތެރިކަމާއި އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮވާލައި ހުށަހެޅި ގަރާރެއް ކަމަށް ބުނެފައި ވެއެވެ.

އީވާ ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ލިބެންޖެހޭ ވަސީލަތްތައް ލިބުމުގެ ކޮންޓްރޯލްވެސް ގިނަ ފަހަރު އޮންނަނީ އެހެން ފަރާތެއްގެ އަތްމަތީގައި ކަމަށެވެ.

އެހެންކަމުން ނުކުޅެންދުންތެރިކަން ހުރެގެން އާންމު ހާލަތަށް ވުރެ ނިކަމެތިކަން ލިބިފައިވާ އަންހެނުންނާމެދު ކުރެވޭ ތަފާތު ކުރުންތައް ނައްތާލައި ދޭން ޖެހޭ ރައްކާތެރިކަމާއި އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ގައުމީ ފެންވަރުގައި އެ މައްސަލަ ފުޅާ ދާއިރާއެއްގައި ދިރާސާކޮށް އެ ދިރާސާގެ އެހީގައި ކަމާ ގުޅޭ ސިޔާސަތުތައް އެކުލަވާލައި ކުރަން ޖެހޭ ކަންކަން ވީހާވެސް އަވަހަކަށް ކުރުމަށް ދިވެހި ސަރުކާރާއި ކަމާ ގުޅޭ ހުރިހާ މުއައްސަސާތަކުން ކުރުމަށް އީވާ ގޮވާލައިފައި ވެއެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން