އަހުޒަމް އަޙްމަދު   18 މާރިޗު 2024 - 14:59
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 602 ފޮށި ބަހައްޓާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު އާންމު ކުރި މައުލޫމާތައް ބަލާއިރު އެންމެ ގިނަ ފޮށި ބަހައްޓާނީ މާލޭގަ އެވެ. އެެއީ 181 ފޮއްޓެވެ. މީގެއިތުރުން ހުޅުމާލޭގައި 51 ފޮށި އަދި ވިލިމާލޭގައި ނުވަ ފޮށި ބަހައްޓާނެ އެވެ.

މިފަހަރުގެ އިންތިހާބުގައި އަތޮޅުތަކުގައި 319 ފޮށި އަދި ރިސޯޓުތަކުގައި ޖުމްލަ 34 ފޮށި ބަހައްޓާނެ އެވެ.

އެހެން އިންތިހާބުތަކެކޭ އެއްފަދައިން ޖަލުގައި މި ފަހަރުވެސް ވޯޓު ފޮށި ބަހައްޓާނެ އެވެ. އެއީ ފަސް ފޮއްޓެވެ. އަދި ރާއްޖެއިން ބޭރުގައި ވެސް ތިން ފޮށި ބަހައްޓާނެ އެވެ.

މަޖިލިސް އިންތިހާބުގައި ވޯޓުލުމަށް ދިހަހާހަށް ވުރެ ގިނަ މީހުން ވަނީ ރީ ރަޖިސްޓްރީކޮށްދީފަ އެވެ.

މަޖިލިސް އިންތިހާބު ބާއްވަން އެންމެ ފުރަތަމަ ނިންމީ މި މަހުގެ 17 ވަނަ ދުވަހުއެވެ.

ނަމަވެސް އިންތިހާބާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކުރުމުން އަންނަ މަހު 21 ވަނަ ދުވަހު އިންތިހާބު ބާއްވަން މިހާރު ވަނީ ނިންމައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން