ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުކަމަށް އާމިނަތު ނުޒުހާ އައްޔަނުކޮށްފިއެވެ.

ރާއްޖޭޓީވީގައި ގިނަ ދުވަސްތަކެއްވަންދެން މަސައްކަތް ކުރެއްވި ނުޒުހާ އެ މަގާމަށް ރައީސް އައްޔަނުކޮށްފައިވަނީ، މަޖިލީހުން އޭނާ އައްޔަނުކުރަން ފާސްކުރިފަހުން އެތައް ދުވަހެއް ވެފައިވާތީ އެކަން ނޫސްތަކުގައި މިއަދު ފާހަގަކޮށްފައި ވެސް ވަނިކޮށެވެ.

އަދި މީގެ ކުރިން މިނިވަން މުއައްސަސާތަކުގެ އެފަދަ މަގާމުތަކަށް މެންބަރުން އައްޔަނުކުރިކަމުގެ ފަތްކޮޅު އަރުވަނީ ރައީސް އޮފީހުގައި އޮންނަ ހާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ނަމަވެސް، ނުޒުހާއަށް މަގާމުގެ ފަތްކޮޅު ފޮނުވީ އޭނާގެ ގެއަށްކަމަށް އޭނާ މިއަދުވަނީ ވިދާޅުވެފައެވެ.

މިހެން އެކަން ކޮށްފައިވަނީ ކޮން ސަބަބަކާހުރެކަމެއް ރައީސް އޮފީހުން އަދި ބުނެފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން