ނޮޅިވަރަމްފަރު
ނޮޅިވަރަމްފަރު
ހއ. އިހަވަންދޫ އާއި ހދ. މަކުނުދޫ އާއި ނޮޅިވަރަމްފަރު އަދި ހދ. ފިނޭ އަށް އަރައި ފޭބުން މަނާކޮށް އެ ހަތަރު ރަށް މޮނިޓަރިން ހާލަތަށް ގެނެސްފިއެވެ.

އެޗްޕީއޭ އިން މަކުނުދޫ ކަރަންޓީންކުރި ކަން އެންގީ މިއަދު ހަވީރުއެވެ. އެރަށް ކަރަންޓީން ކުރި ކަން އަންގާ އެޗްޕީއޭ އިން އެރަށު ކައުންސިލަށް ފޮނުވި އެންގުމުގައި ބުނެފައިވަނީ ވަނީ، ރަށުގައި މިވަގުތު ތިބި ބައެއް މީހުންގެ ކިބައިން، ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތައް ފެނުމާއި ގުޅިގެން ސިއްހީ ގޮތުން ބަލަން ޖެހޭ ކަންކަން ބެލުމަށް އެރަށައް އަރައި ފޭބުން މަނާކޮށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށެވެ.

އިހަވަންދޫ މޮނިޓަރިން އަށް ލުމަށްފަހު އެރަށް މޮނީޓަރިންގ ހާލަތުން ނަގާފައިވަނިކޮށް މިއަދު ވަނީ އަނެއްކާ އެރަށް މޮނިޓަރިން ހާލަތަށް ގެނެސްފައެވެ. އެއީ އެރަށުން އިތުރު ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. މީގެ ތެރޭގައި ހިމެނެނީ "ތަހުތު" ނަމަކަށް ކިޔާ ބޯޓެއްގައި މަސައްކަތް ކުރާ މީހަކާއި، އެރަށު "242" ބޯޓުގެ އިތުރު މީހެކެވެ.

މީގެ ކުރިން އެރަށުގެ 242 ބޯޓުން މީހަކު ވަނީ ކޮވިޑް ރޯގާއަށް ޕޮޒިޓިވްވެފައެވެ. މިހާރު އެރަށުން ތިން މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.

އެޗްޕީއޭ އިން ނޮޅިވަރަމްފަރު ކަރަންޓީންކޮށްފައި ވަނީ މިއަދު 15:31 ހާއިރު އެވެ. އެރަށް ކަރަންޓީން ކުރި ކަން އަންގާ އެޗްޕީއޭ އިން އެރަށު ކައުންސިލަށް ފޮނުވި އެންގުމުގައި ވަނީ، ރަށުގައި މިވަގުތު ތިބި ބައެއް މީހުންގެ ކިބައިން، ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތައް ފެނުމާއި ގުޅިގެން ސިއްހީ ގޮތުން ބަލަން ޖެހޭ ކަންކަން ބެލުމަށް ކަމަށެވެ. ނޮޅިވަރަންފަރު ކަރަންޓީނުކޮށްފައިވަނީ ކެލާ ބޯޓުން ބަޔަކު ކޮވިޑް-19 އަށް ފައްސިވުމާއި ގުޅިގެން، އެރަށުގައި ކޮވިޑް-19 ފެތުރިދާނެ ކަމަށް ބެލެވޭތީއެވެ.

އެޗްޕީއޭ އިން ހދ. ފިނޭ ކަރަންޓީންކޮށްފައި ވަނީ މިއަދު 15:38 ހާއިރު އެވެ. އެރަށް ކަރަންޓީން ކުރި ކަން އަންގާ އެޗްޕީއޭ އިން އެރަށު ކައުންސިލަށް ފޮނުވި އެންގުމުގައި ވަނީ، ރަށުގައި މިވަގުތު ތިބި ބައެއް މީހުންގެ ކިބައިން، ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތައް ފެނުމާއި ގުޅިގެން ސިއްހީ ގޮތުން ބަލަން ޖެހޭ ކަންކަން ބެލުމަށް ރަށް ކަރަންޓީނު ކޮށްފައިވާ ކަމަށެވެ.

އެރަށްތައް އެޗްޕީއޭ އިން ކަރަންޓީން ކުރުމާއި ގުޅިގެން ރަށުގައި މިވަގުތު ތިބި އެއްވެސް މީހަކު އެޗްޕީއޭއިން ވަކި ގޮތެއް އަންގަންދެން ރަށުން ނުފޭބޭނެ އެވެ. އަދި ހުއްދަ ނެތި ރަށަށް އެއްވެސް މީހަކު އެރުންވެސް މަނާ ވާނެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން