ފޮޓޯ: ސަން
ފޮޓޯ: ސަން
ކ. ކާށިދޫގައި އެހެލާފައި އޮތް ދޯންޏެއްގައި އަލިފާން ރޯވެެއްޖެއެވެ.

ކ. ކާށިދޫގައި އެހެލާފައި އޮތް ދޯންޏެއްގައި އަލިފާން ރޯވެފައިވަނީ މިރޭ ގާތްގަނޑަކަށް 12:50 އެހާކަންހާއިރު އެވެެ. ޝޯޝަލް މީޑިޔާގައި އާންމުވެފައިވާ ވީޑިއޯ އަކުން ފެންނަ ގޮތުގައި ކާށިދޫގައި އަލިފާން ރޯވި ދޯނީގައި ވަރަށް ބޮޑަށް ވަނީ ހުޅުހިފާފައެވެ. އަލިފާން ރޯވީ އެހެލާފައި އޮންނަތާ ހަތަރު އަހަރަށްވުރެ ގިނަ ދުވެސްވެފައިވީ ބާ ދޯންޏެއްގައެވެ.



ކާށިދޫ ކައުންސިލުން މައުލޫމާތު ދިންގޮތުގައި އެ ތަނުގައި ކައިރިކައިރީގައި، ޖެހިޖެހިގެން ދެ ދޯނި އެހެލާފައި ބާއްވައިފައި އޮތް ކަމަށާއި އެއް ދޯނިގައި ހުޅު ހިފައި، ރޯވެ ޖެހިގެން އޮތް ދެވަނަ ދޯނީގައި ވެސް ހުޅު ހިފާފައިވާ ކަމަށެވެ. މިހާދިސާގައި ރޯވި އަލިފާންގަނޑު އިތުރު ދޯންޏަކަށް ވެސް ފެތުރި ވަނީ ވަރަށް ބޮޑަށް ގެއްލުންވެފައެވެ.

މިއީ ބަޔަކު ގަސްދުގައި ކުރި ކަމެއް ކަމަށް ކާށިދޫ ކައުންސިލުން ތުހުމަތުކުރެއެވެ.

މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާވި ކަމުގެ މައުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން