ރައީސް ސާލިޙުގެ ސަރުކާރުން ހުޅުމާލެއިން ގޯތި ދޫކޮށްފައި ވަނީ އެޗްޑީސީން ތައްޔާރުކޮށް ދިން ލޭންޑް ޔޫސް ޕްލޭންއާ އެއްގޮތަށް ކަމަށް ޕްލޭނިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެ އެވެ.

ގޯއްޗާއި ފްލެޓް ދޫކުރުމުގައި އަމަލުކޮށްފައިވާ ގޮތުން ބޮޑެތި ތުހުމަތު ތަކެއް ކުރެވޭ އަކްރަމް މިހެން ވިދާޅުވީ، ބިންވެރިޔާ ސްކީމްގެ ދަށުން ކުރީ ސަރުކާރުން ހުޅުމާލެއިން ދޫކުރި ގިނަ ގޯތިތަކެއް ފެނާއި ނަރުދަމާއާއު ކަރަންޓު ވިއުގައަށް އަރާ ގޮތަށް ދޫކޮށްފައިވާ ކަމަށް އެޗްޑީސީން ހާމަކުރުމާއި ގުޅިގެންނެވެެ. އެޗްޑީސީގެ ޕަބްލިކް ރިލޭޝަން އެސިސްޓެންޓް މެނޭޖަރު މުހައްމަދު ސިރާޖު ވިދާޅުވީ ހުޅުމާލެ 2 އިން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ދޫކޮށްފައިވާ ބައެއް ގެތައް ހުރީ މަގުތަކަށް ވެސް އަރާ ގޮތަށް ކަމަށާއި އެ ގޯތިތައް ދޫކުރެވޭނީ އެ މަގުތަކާއި ގޯޅިތައް އަލުން ތަރުތީބުކޮށްގެން ކަމަށެވެ.

އެކަމާ ގުޅިގެން ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީނު ވިދާޅުވީ އެއީ ރައްޔިތުންނަށް އޮޅުވާލުމުގެ މަގުސަދުގައި އެޗްޑީސީން އާންމުކުރި މައުލޫމާތުތަކެއް ކަމަށެވެ. އަދި ބިންތައް ދޫކޮށްފައި ވާނީ އެޗްޑީސީން ތައްޔާރުކޮށް ދިން ލޭންޑް ޔޫސް ޕްލޭންއާ އެއްގޮތަށް ކަމަށް އަކްރަމް ވިދާޅުވި އެވެ.



"ހައުސިން މިނިސްޓްރީއަކަށް ނޭނގޭނެ ބިމު އަޑީގައި އެއްޗެއް ހުރި ކަމެއް ނުވަތަ ނެތް ކަމެއް އެޗްޑީސީން ވިދާޅުނުވަންޏާ، ކަންތައްތައް އޮޅުވާލަން އުޅުއްވަންޏާ ހަމަ އަތަށް ގޮވަމުން ދާނީ." ކުރީގެ ސަރުކާރުގައި ގޯއްޗާއި ފުލެޓް ކޮމެޓީގެ ޗެއާކަން ވެސް ކުރެއްވި އަކްރަމް ވިދާޅުވި އެވެ.

އަކްރަމް ވަނީ ރައްޔިތުން ގުނބޯ ނުހެއްދުވުމަށް ރައީީސް މުއިއްޒަށް ގޮވާލައްވާފައެވެ. "ބިންވެރިޔާ" ސްކީމްގެ ދަށުން ހުޅުމާލެ ފޭސް 2 އާއި އަލަށް ހިއްކާ ހުޅުމާލެ ތިނެއް އަދި ގުޅިފަޅުންނާއި ގިރާވަރުފަޅުން ކުރީގެ ރައީސް ސޯލިހްގެ ސަރުކާރުން 9،000 ގޯތި ދޭން ވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން