ނެޝަނަލް ސައިބާ ސެކިއުރިޓީ އޭޖެންސީ އުފެއްދެވުމުގެ ބަދަލުގައި ކުރުންވީ ކަމަކީ ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ(އެންސީއައިޓީ) ހަރުދަނާ ކުރުން ކަމަށް ނިމިގެން ދިޔަ ސަރުކާރުގައި ސައިންސް އަދި ޓެކްނޮލޮޖީ މިނިސްޓަރުކަން ކުރެއްވި މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެ އެވެ.

ނެޝަނަލް ސައިބާ ސެކިއުރިޓީ އެޖެންސީގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިދާރާއެއް އުފެއްދެވީ އިއްޔެ އެވެ.

އެ އިދާރާއަކީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ހަމަޖައްސާފައިވާ ކަމަށާއި "ނޭޝަނަލް ސައިބަރ ސެކިއުރިޓީ އެޖެންސީ" ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ގާއިމުކުރެއްވި ބޭނުންތަކުގެ ތެރޭގައި ދިވެހި ދައުލަތާއި ދިވެހި ރައްޔިތުންގެ ސައިބަރ ސެކިއުރިޓީއާ ގުޅުންހުރި އެންމެހައި ކަންތައްތަކުގައި ފާރަވެރިވެ، ގައުމީ ފެންވަރުގައި ފޯކަލް ޕޮއިންޓެއްގެ ގޮތުގައި މަސައްކަތްކުރުން ހިމެނޭ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

އެ ނިންމުމަށް ފާޑުވިދާޅުވެ މަލީހު މިއަދު ކުރެއްވި އެކްސްއެއްގައި ވިދާޅުވީ ކުރަންޖެހޭ ކަމަކީ އެންސީއައިޓީއަށް ބަޖެޓާއި މީހުނާއި އިތުރު ރިސޯސް ދިނުން ކަމަށެވެ.

"މިއީ އެންސީއައިޓީގެ އިސްމީހަކު ހެޑްކުރާ ގޮތަށް އެހެންއިދާރަތުގެ މީހުން މިހެނޭ ކޮމިޓީއަކުން ކުރެވޭނެ މަސައްކަތެއް. އެންސީއައިޓީ އުވާނުލާ މިއޭޖެންސީ ކުރިޔަށް ގެންދާނަމަ އެވާނީ ފުށުއެރުމަކަށް. އިސްރާފަކަށް." މަލީހު ވިދާޅުވި އެވެ.

މަލީހު އިތުރަށް ވިދާޅުވީ ތިމާވެއްޓާއި ބެހޭ މިނިސްޓްރީގެ ކުނި ޑިޕާރޓްމަންޓްއިން ވަނީ އެންސީއައިޓީގެ އިންފްރާާސްޓްރަކްޗަރ ހައިޖެކްކޮށްފައި ކަމަށެވެ. އަދި އެކަމުގައި ހޯމް މިނިސްޓަރު އަލީ އިހުސާން އިހުމާލު އެކަމުަގއި އެބަ އޮތް ކަމަށެވެ.

"އުފައްދަންވީ އާ އޭޖެންސީއެއް ނޫން. އެންސީއައިޓީ ހަރުދަނާކޮށް މިނިސްޓަރ އިހުސާނު އެތަނަށް ވަޑައިގަންނަވަންވީ." މަލީހު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން