ހުޅުމާލެ ސަރަހައްދުގައި ދޯންޏެއްގެ މަސައްކަތް ކުރުމަށް މޫދަށް އެރި އުޅުނު މީހަކު ގެބިގެން މަރުވެއްޖެއެވެ.
އޭނާ މަރުވި ފަހުން ހެދި ކޮވިޑް-19 ޓެސްޓުން އޭނާ ވަނީ އެ ބައްޔަށް ޕޮޒިޓިވްވެފައެވެ. ހުޅުމާލޭގައި ގެބިގެން މަރުވެފައިވަނީ އުމުރުން 27 އަހަރުގެ ފިރިހެނެކެވެ.
ފުލުހުން ބުނީ މިއަދު މެންދުރު ހުޅުމާލޭގެ ފަޅުގައި އޮތް ދޯންޏެއްގައި މަސައްކަތެއް ކުރުމަށް މޫދަށް އެރި އުޅުނު މީހަކު އަކުނިވަޔަށް ދަމައިގަނެގެން ހާލު ދެރަވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުނެ އެވެ.
އެ މީހާ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަން އެނގުނީ ނިޔާވާ މީހުން ކޮވިޑް-19 އަށް ޓެސްޓު ކުރާ އުސޫލުން ޓެސްޓު ހެދުމުންނެވެ. އޭނާ ކޮވިޑް-19 އަށް ފައްސިވިނަމަވެސް، އެއީ ކޮވިޑް-19 ބަލީގައި ނިޔާވި މީހެއް ނޫން ކަމަށް ވަނީ ކަނޑައަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު