ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ހިޔާ ސަރަޙައްދުގައި ކަނބަލުންނަށް ޚާއްސަކޮށް ކުޅިވަރުކުޅޭ ތަންތަން އަޅައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިމޭރުމުން ވިދާޅުވީ ޢާންމުންގެ ސުވާލުތަކަށް މީސްމީޑިއާގައި ސީދާ ރައީސުލްޖުމްހޫރިއްޔާ ޖަވާބުދެއްވުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިއަށް ގެންދާ "ރައީސްގެ ޖަވާބު" ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކުޅިވަރު ކުޅޭނެ އެކަށީގެންވާ ވަސީލަތްތައް ނެތުމާއި ގުޅިގެން ހިޔާ ފްލެޓްގައި ދިރިއުޅުއްވާ ނިޝްރީނާ މޫސާ، ދެންނެވި ސުވާލުގެ ޖަވާބުގައި ރައީސް ވިދާޅުވީ ހިޔާ ފްލެޓްތައް ހުރި ސަރަޙައްދަކީ މީގެ ކުރިން އަޅާނުލައި ދޫކޮށްލާފައިވާ ސަރަޙައްދެއް ކަމަށެވެ.

ނަމަވެސް މި ސަރުކާރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކުރަންޖެހޭ ކަންކަން ކުރަން ނިންމާފައިވާ ކަމަށާއި އެގޮތުން ކުޅިވަރު ކުޅޭ ތަންތަނާއި ޕާކް ތަކާއި ހިތްފަސޭހަ މައިދާން ހެދުމަށް ކުރަންޖެހޭ މަސައްކަތްތަކާމެދު މިހާރުވެސް މަޝްވަރާ ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.

“މި ތަންތަނުގެ ތެރޭގައި އަންހެން ބޭފުޅުންނައް ހާއްސަކޮށް އަޅާ ކުޅިވަރު ކުޅޭ ތަންތަން ހުންނާނެ. ވީހާވެސް އަވަހަކަށް އެެތަންތަނުގެ މަސައްކަތް ފެށިގެންދާނެ.” ރައީސް ވިދާޅުވި އެވެ



ހިޔާ ސަރަހައްދަކީ ގިނަ އަދަދެއްގެ ރައްޔިތުން އުޅޭ ސަރަހައްދަކަށްވުމުން އެ ސަރަހައްދުގައި އަޅަން ޖެހޭ ތަންތަން ވީހާވެސް އަވަަހަކަށް އަޅާ ނިންމުމަށް އެޗްޑީސީ އާއި އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން