ސިވިލް ސަރވިސް މުވައްޒަފުންނަށްދޭ ސްޕެޝަލް ޑިއުޓީ އެލަވަންސްގެ 19 ވަނަ މާއްދާއަށް މިއަދު އިސްލާހުތަކެއް ގެނެސްފިއެވެ.

އެ ކޮމިޝަނުން މިއަދު ބުނީ، އާ އިސްލާހާއެކު ސްޕެޝަލް ޑިއުޓީ އެލަވަންސް ދެވޭ މުވައްޒަފުންނަށް އިތުރު ގަޑި ދިނުމުގައި "ރަސްމީ ބަންދު ދުވަސްތަކުގައި އަދާކޮށްފައިވާ އިތުރުގަޑީގެ ވަގުތު ނުހިމަނާ މަހެއްގެ މައްޗަށް 44 ގަޑިއިރަށްވުރެ އިތުރަށް އަދާކޮށްފައިވާ އިތުރު ގަޑިއަށް" ފައިސާ ދިނުން ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.

އަދި އެ އެލަވަންސް ދެވޭ މުވައްޒަފުންގެ ގޮތުގައި ސިވިލް ސާވިސް މުވައްޒަފުންގެ ތެރެއިން "ދައުލަތުގެ ޕޭ ފްރޭމްވޯކް މިންގަނޑު"ގެ ދަށުން، އެކުލަވާލެވޭ ޖޮބް މެޓްރިކްސްގެ ވަޒީފާ ހަމަޖެހިފައި ނުވާ މުވައްޒަފުން ހިމެނޭނެ ކަމަށް ސީއެސްސީން ބުނެފައިވެއެވެ.



މީގެ އިތުރުން އެ މާއްދާއަށް ދެން ގެނެސްފައިވާ އިސްލާހަކީ، ސިވިލް ސާވިސްގެ ހާއްސަ އޮނިގަނޑުތަކުގައިވާ މުވައްޒަފުންގެ ތެރެއިން އެ އޮނިގަނޑުގައި ސްޕެޝަލް ޑިއުޓީ ދިނުމަށް ހިމަނާފައިވާ މުވައްޒަފުންގެ އިތުރުގަޑި ދިނުމުގައި "ރަސްމީ ބަންދު ދުވަސްތަކުގައި އަދާކޮށްފައިވާ އިތުރުގަޑީގެ ވަގުތު ނުހިމަނާ މަހެއްގެ މައްޗަށް 44 ގަޑިއިރަށްވުރެ އިތުރަށް އަދާކޮށްފައިވާ އިތުރު ގަޑިއަށް" ފައިސާ ދިނުން ނިމުމަކަށް ގެނައުމެވެ.

ސިވިލް ސާވިސް މުވައްޒަފުންގެ ސްޕެޝަލް ޑިއުޓީ އެލަވަންސްއަށް އިސްލާހުތަކެއް ގެނެސްފައި ވާއިރު، އެ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދިނުމަށް އެދި މިިދިޔަ މަހު ވަނީ ރައީސަށް ޕެޓިޝަނެއް ހުށަހަޅާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން