ކޮރަޕްޝަންގެ މައްސަލަަތަކެއްގެ މައުލޫމާތު ހޯދަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ޓީމެއް ބެޑްމިންޓަން އެސޯސިއޭޝަނަށް ވަދެއްޖެ އެވެ.

އޭސީސީން ބުނީ ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްއަށް ރައްދުވާގޮތަށް އެ ކޮމިޝަނަށް ކޮރަޕްޝަނާ ގުޅުންހުރި ގިނަ ތުހުމަތުތަކެއް ކުރެވިފައިވާ ކަމަށެވެ.

އެހެންވެ އެ ތުހުމަތުތަކާ ގުޅިގެން ލިޔެކިޔުމާއި މަޢުލޫމާތު ހޯދުމަށް ކޮމިޝަނުގެ ތަޙުޤީޤު ޓީމެއް މިހާރު އެ އެސޯސިއޭޝަނުގައި ޙަރަކާތްތެރިވާން ފަށައިފައިވާ ކަމަށް އޭސީސީން ބުނެއެވެ.

ބެޑްމިންޓަން އެސޯސިއޭޝަނަށް ކުރެވިފައިވާ ތުހުމަތުތަކުގެ ތެރޭގައި އެ އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދުގެ އަމިއްލަ ކުންފުންޏަށް މާލީ ފައިދާ ލިބޭ ގޮތަށް މަސައްކަތްކުރުން ހިމެނެ އެވެ.

އެގޮތުން ބެޑްމިންޓަންގެ މުބާރާތްތަކުގައި ބޭނުން ކުރާ ބޯޅަ (ޝަޓްލް)، ގަންނަނީ މޫސަގެ އަމިއްލަ ވިޔަފާރި، "އަސްކަނި ސްޕޯޓްސް"އިން ކަމަށްވާތީ އެއީ ކޮރަޕްޝަންގެ އަމަލެއް ކަަމަށް ބުނެ ބައެއް ފަރާތްތަކުން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.

އަދި އަސްކަނި ސްޕޯޓްސްއިން ބީލަން ކާމިޔާބުކުރަނީ ގާނޫނާއި ގަވައިދުތަކުގައި ހުންނަ އެކި ބާގަނޑުތައް ބޭނުންކޮށްގެން ކަމަށް ވެސް އެ ފަރާތްތަކުން ތުހުމަތު ކުރެއެވެ.

ނަމަވެސް އެ އެސޯސިއޭޝަނުން އެކަން ވަނީ ދޮގުކޮށްފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން