މިހިނގާ އޮގަސްޓް މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން މިމަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދުކޮށް ސަރުކާރުގެ އޮފީސްތައް ނުހުޅުވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ.

ރައީސް އޮފީހުން މިއަދު ނެރުނު ދެންނެވުމެއްގައި ބުނެފައިވަނީ ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކާ މިހިނގާ އޯގަސްޓް މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން ހަވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުގެ އޮފީސްތައް ނުހުޅުވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހަމަޖައްސަވައިފި ކަމަށެވެ.

ނަމަވެސް މި މުއްދަތުގެ ތެރޭގައި ގޭގައި ތިބެގެން ކުރެވެން ހުރި މަސައްކަތްތައް ގޭގައި ތިބެގެން ކުރަމުން ގެންދިއުމަށާއި ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދެވެން ހުރި ޚިދުމަތްތައް އޮންލައިންކޮށް ދެމުން ގެންދިއުމަށްވެސް ރައީސުލްޖުމްހޫރިއްޔާ އަންގަވާފައިވާ ކަމަށް ރައީސް އޮފީހުގެ ދެންނެވުމުގައި ވެއެވެ.

ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް މާލޭގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދީ ސަރުކާރުގެ އޮފީސްތަކާއި އަމިއްލަ އޮފީސްތައް ހުޅުވުމަށް ހުއްދަ ދީ ފުރަބަންދަށް ބޮޑެތި ލުއިތައް ދިން ފަހުން މާލެއިން ބައްޔަށް ޕޮޒިޓިވް ވާމީހުންގެ އަދަދު އެތައް ގުނައަކަށް އިތުރުވެފައި ވާއިރު ބަލި ފެތުރޭ މިންވަރު އެންމެ ގިނައީ އޮފީސްތަކުގެ މާހައުލުންކަން ތަފާސް ހިސާބުތަކުން ދައްކައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން