ފާތިމަތު ނަޒީފާ އަޙްމަދު   19 މާރިޗު 2024 - 17:58
އެއާ އެބްބިއުލާންސްގެ ގޮތުގައި ބޭނުންކުރާ ސީ ޕްލޭންގެ ފުރަތަމަ ދަތުރުކޮށް، ބަލި މީހަކު އުފުލައިފިއެވެ.

މޯލްޑިވިއަންގެ އޮފިޝަލަކު "ރަސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ސީ އެމްބިއުލާންސް މިއަދު ދަތުރު ކޮށްފައި ވަނީ މާލެއިން ދ. ކުޑަހުވަދޫއަށް، އަދި ކުޑަހުވަދޫއިން މާލެއަށް ކަމަށެވެ.

ސީ އެމްބިއުލާންސްގެ ހިދުމަތް އިފްތިތާހު ކޮށްފައި ވަނީ މިދިޔަ ހުކުރު ދުވަހުއެވެ.

ސަރުކާރުން އެއާ އެމްބިއުލާންސްގެ ގޮތުގައި ދެ ބޯޓެއް ހާއްސަ ކޮށްފައިވެއެވެ. އެއީ ޑޭޝް-8 ގެ ބޯޓަކާއި ސީ ޕްލޭނެކެވެ.

އެއާ އެމްބިއުލާންސްގެ ޚިދުމަތް ތައާރަފުކުރުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. ސަރުކާރުގެ އަމާޒަކީ އެއާ އެމްބިއުލާންސްގައި ބަލި މީހުން ރާއްޖެއިން ބޭރަށް ވެސް އުފުލުމެވެ. އެގޮތުން، އެކަމުގެ މަޝްވަރާތައް އަވަށްޓެރި ސްރީލަންކާއާއެކު ކޮށްފައިވާއިރު، އެ ގައުމުގެ ސަރުކާރުން ވަނީ އިމަޖެންސީ ހާލަތްތަކުގައި ދެ ގަޑިއިރު ތެރޭގައި ފްލައިޓު ދަތުރުކުރަން ހުއްދަ ދޭން ނިންމައިފައެވެ.

މިއަހަރުގެ މާރޗް ފުރަތަމަ ދުވަހު ރާއްޖޭގައި އަލަށް އިފްތިތާހުކުރި އެއާ އެމްބިއުލާންސް ޚިދުމަތުގެ ފުރަތަމަ ދަތުރު މާރޗް ދެވަނަ ދުވަހު ކޮށްފައިވަނީ ކުޅުދުއްފުށި ސިޓީއަށެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން