މާލެ ސަރަހައްދުގެ ޓްރެފިކަށް ލުޔެއް ހޯދާނަމަ ލައިސަންސް ނެތި އުޅަނދު ދުއްވާ ބިދޭސީން ހުއްޓުވައިދެއްވުމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ މޫސާ) ފުލުހުންގެ ކިބައިން އެދިވަޑައިގެންފިއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މޫސަ ވިދާޅުވީ ލައިސަންސް ނެތި ސައިކަލްތަކާއި، އެހެނިހެންވެސް ވެހިކަލް ދުއްވަމުންގެންދާ ބިދޭސީން ހުއްޓުވައި، ޤާނޫނާ އެއްގޮތަށް ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ.

"ޓޯކުރުމާ ސްޓިކާޖެހުމަކީ ހަމައެކަނި ޙައްލެއްނޫ." މޫސަ ވިދާޅުވިއެވެ.



މޫސަ މި ބީދައިން ވާހަކަ ދައްކާފައި ވާއިރު، ގަވައިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ ވެހިކަލްތައް ޓޯ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، މިދިޔަ ބުރާސްފަތި ދުވަހުގެރޭ އެކަނިވެސް މާލޭ ސިޓީން 48 ވެހިކަލެއް ޓޯ ކޮށްފައިވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ މަގު ބޭނުންކުރާ ފަރާތްތަކަށް ދަތިވާގޮތަށް ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުތަކާއި ގިނަ ދުވަސް ވެފައިހުރި އުޅަނދުތައް ނެގުމުގެ މަސައްކަތް މިމަހުގެ 5 ވަނަ ދުވަހު ފަށާފައިވާ ކަމަށެވެ.

މިދިޔަ ބުދަ ދުވަހުގެރޭ ފުލުހުން ހާމަކުރި ގޮތުގައި، އެ ރޭ ވަނީ 40 އުޅަނދު ޓޯކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން